ހއ. ތުރާކުނު ނިސްބަތްވާ އެ ދާއިރާ ތަމްސީލް ކުރަށްވާ ރައްޔިތުންގެ މަޖިލިސްގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމާއި، ހއ. ހޯރަފުށީ ރައްޔިތުންގެ ފަރާތުން ތުރާކުނު ރަށްޔިތުންނަށް ކާބޯ ތަކެތި ހަދިޔާ ކޮށްފިއެވެ.
ހޯރަފުށީ ކައުންސިލް ބުނީ މެމްބަރު އަހުމަދު ސަލީމާއި، ހޯރަފުށި ގެ ރަށްޔިތުންގެ ނަމުގައި ހއ. ތުރާކުނުގެ ރަށްޔިތުނަށް ކާބޯ ތަކެތި ހަދިޔާ ކޮށްފިކަމަށެވެ.

ހޯރަފުށީ ކައުންސިލުން ވަނީ މެމްބަރު އަހުމަދު ސަލީމްގެ އެހީތެރިކަމަށް ޝުކުރު އަދާ ކޮށްފައެވެ.
މެމްބަރު އަހުމަދު ސަލީމާއި، ހޯރަފުށި ގެ ރަށްޔިތުންގެ ނަމުގައި ހއ. އުލިގަމް ގެ ރަށްޔިތުނަށްވެސް ވަނީ ކާބޯ ތަކެތި ހަދިޔާ ކޮށްފައެވެ.
އުލިގަމް އަދި ތުރާކުނު ރައްޔިތުންނަށް އެހީތެރި ވުމުގައި ހޯރަފުށި އަބަދުވެސް ދެމި އޮއްނާ ކަމަށް ހޯރަފުށީ ކައުންސިލުން ވަނީ ބުނެފައެވެ.
ހޯރަފުށީ ކައުންސިލާއި، ހޯރަފުށީ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެމްބަރު އަހުމަދު ސަލީމާއި ގުޅިގެން ވަނީ ހޯރަފުށީގައި 100 ބަނބުކެޔޮ ގަސް އިންދުމުގެ ޕްރޮގްރާމެއްވެސް ފަށާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!