ދުނިޔޭގެ އެކިބައްރުތައް ފަތަހަކުރަމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސްގެ ރާޅު ރާއްޖެއަށް ބިންދާލާފައިވާ މިދުވަސްވަރު ކޯވިޑު19 ގެ މިސްރާބު ދެން ޖަހާނީ ރާއްޖޭގެ ރަށްތަކަށް ކަމަށް ‌‎ޑރ. އަޙްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ކޯވިޑް-19 ބަލި ފެތުރެން ފެށީއްސުރެ ރާއްޖޭގެ އާންމު ރައްޔިތުންނަށް އެބައްޔާއި ގުޅޭ ހޯދުން ތަކުގެ މަޢުލޫމާތާއި ރައްޔިތުން ހޭލުންތެރިކުރުމަށް ގިނަ މަސައްކަތްތަކެއް މީސް މީޑިއާގައި ހިއްސާ ކުރަށްވަމުންދާ ދިވެހި ޑަކްޓަރުންގެ ތެރޭ ހިމެނި ވަޑައި ގަންނަވާ އައިޖީއެމްއެޗްގެ ޑރ އަޙްމަދު ފައިސަލް މިހެން ވިދާޅުވީ އިއްޔެ ކުރެއްވި ޓުވީޓެއްގައިއެވެ.

Ad
rt

ޑރ ފައިސަލްގެ ޓުވީޓުގައި އިތުރަށް ބުނެފައި ވަނީ މާލެއާއި ޚިލާފަށް ރަށްތަކުގައި ބަލި ކޮންޓްރޯލް ކުރުމުގެ ޒިންމާ ނަގާނީ ސިއްހީ އެހީތެރިންކަމަށާއި ރަށް ރަނގަޅަށް ދަންނާނީ އެބޭފުޅުންކަމަށެވެ.

މި ބަލިން އަރައިގަތުމަށް އެބޭފުޅުން ބާރުވެރި ކުރަންޖެހޭ

ޑރ ފައިސަލްގެ ޓުވީޓުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯގެ ޕްރެސް ބްރީފިންގައި ދެއްކެވި ވާހަކަ ތަރުޖަމާ ކުރައްވާ ޑރ ފައިސަލް ވަނީ ރައްޔިތުންނަށް ވަރަށް މުހިންމު މެސެޖެއް ދެއްވާފައެވެ.

ކޮވިޑު ކަހަލަ މުޅި ދުނިޔެ ފަތަހަ ކުރަމުންދާ ބައްޔެއް ހުއްޓުމަކަށް ގެނައުމަށް އެންމެ މުހިންމު އެއްޗަކީ ސަރުކާރަށް ރައްޔިތުން ކުރާ އިތުބާރު. ދިރިއުޅުމުގައި ޢާއްމުކޮށް ކުރާ ކަންތައްތައް ބަދަލުކުރަން ބުނުމުން އެކަމަށް އިޖާބަދެނީ ސަރުކާރުން އެބުނާ ކަމެއް ކުރީމާ ނަތީޖާ ފެންނާނެތީ

އިތުރު ޓުވީޓެއްގައި ޑރ ފައިސަލް ބުނެފައިވެއެވެ.

ކޯވިޑް-19 އަށް މިހާތަނަށް ރާއްޖެއިން 85 މީހަކު ފައްސިވެފައި ވެއެވެ. އޭގެ ތެރެއިން 16 މީހުން ރަނގަޅު ވެފައިވާއިރު ބަލިން ރަނގަޅު ނުވާ 68 މީހުން އެބަތިއްބެވެ. ރާއްޖެއިން ފުރައިގެން ދިޔަ ފަހުން ކޯވިޑް-19 އަށް ފައްސިވިކަން އެނގުނު 2 މީހަކު ތިބީ އެމީހުންގެ ޤައުމުގައެވެ. ރާއްޖެއިން މިބައްޔަށް ފައްސިވެފައި ވަނީ 40 ދިވެހިންނާއި 45 ބިދޭސީންނެވެ. މާލެފިޔަވާ މީހުން އުޅޭ ރަށަކުން މިބައްޔަށް ފައްސި ވެފައިވަނީ ހއ. އުލިގަމު މީހެކެވެ.

އެޗްޕީއޭގެ ހިސާބުތައް ދައްކާ ގޮތުން ރާއްޖެއިން މިހާތަނަށް 4696 މީހުން މިބައްޔަށް ޓެސްޓު ކުރެވިފައިވެއެވެ. އޭގެ ތެރެއިން 85 މީހުން ފައްސި ވެފައިވާ އިރު ނައްސި ވެފައި ވަނީ 4227 މީހުންނެވެ. 383 މީހުންގެ ނަތީޖާ އަދި ނުލިބެއެވެ.