ލައްކަ ދުވަހު މިލިއަނުން ފައިދާ ހޯދިއްޖެ ކަމަށާއި ރައްޔިތުންނަށް "ހިލޭ އިންޓަރނެޓް" ދޭންވީ މިވަގުތުކަމަށް އަލީ ރަމީޒު ބުނެފިއެވެ.
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އިންޓަރނެޓްގެ ޚިދުމަތް ދެމުން އަންނަ ދިރާގާއި އޫރިދޫ ޓެގު ކުރައްވާ އަލީ ރަމީޒު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ބުނެފައިވަނީ ނުރައްކާތެރި ކޯވިޑް19 ގެ ސަބަބުން މުޅި ގައުމު ފުރަބަންދު ކުރެވިފައިވާ މި ދަނޑިވަޅުގައި ރައްޔިތުންނަށް އާމްދަނީ ހޯދުމުގެ މަގުތައް ބަންދުވެފައިވާކަމަށެވެ.
މީގެ އިތުރުން އަލީ ރަމީޒު ބުނެފައިވަނީ ވޭދުވެދިޔަ ތަނުގައި ދިރާގާއި އޫރިދޫއިން ކުރަމުން އައީ މިލިޔަނުން ފައިދާވާ ވިޔަފާރިއެއް ކަމަށް އެފަރާތްތަކުން އާންމު ކޮށްފައިވާ ލިއުންތަކުން ދޭހަވާކަމަށެވެ.
މިވަގުތަކީ ބޮޑު ފައިދާއެއް ނެގުމުގެ ބަދަލުގައި ރައްޔިތުންނަށް ކަމެއް ކޮށްދޭންވީ ވަގުތު ކަމުގައި ބުނެފައި ވެއެވެ.
ހިލޭ ބޯނަސް އެއް ބޭނުމެއް ނޫން! އިތުރު ޕްރޮމޯޝަންތަކެއް ބޭނުމެއް ނޫން!
ކޯވިޑް19 ގެ މި މުސީބާތުން މިންޖުވަންދެން ދިވެހި ރައްޔިތުންނަށް "ހިލޭ އިންޓަރނެޓް" ދިނުމަށް ގޮވާލާކަމަށް ބުނެފައި ވެއެވެ.
އަލީ ރަމީޒުގެ މި ޕޯސްޓު ޖެހުމާއި އެކު ގަޑިއިރެއްގެ ތެރޭގައި ހާހަކަށްވުރެ ގިނަމީހުން ވަނީ މި ޕޯސްޓް ޝެއަރ ކޮށްފައެވެ. އަލީ ރަމީޒް އަކީ އެކިއެކި ކަންކަމުގައި ފާޅުގައި ބަސްބުނަމުން އަންނަ މީސް މީޑިޔާގައި ނުފޫޒުގަދަ ފަރާތެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!