ކަރަންޓިނު ފެސިލިޓީއަކުން އިތުރު ފަރުވާއަށް އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔަ ދިވެއްސަކު ނިޔާވެއްޖެއެވެ. ނިޔާވެފައިވަނީ އިންޑިއާއިން އައި ދިވެހިންގެ ތެރެއިން ކަރަންޓިން ފެސިލިޓީއަށް ގެންދިއުމަށްފަހު އިތުރުފަރުވާއަށް އައިޖީއެމްއެޗަށް ބަދަލުކުރި ދިވެއްސެކެވެ.
ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ޕްރެސްކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ޓެގް ޓީމްގައި ހިމެނިވަޑައިގަންނަވާ ޑޮކްޓަރ ޑރ.މޫސާ މުރާދު ވިދާޅުވީ ނިޔާވި މީހާއަކީ ކޯވިޑް-19 ޖެހިފައިވާ މީހެއް ނޫންކަމަށެވެ. އޭނާ މަރުވުމާއި ހަމައަށްވެސް މި ބައްޔަށް ޝައްކުކުރެވޭ އެއްވެސް އަލާމާތެއް ނުފެންނަކަމަށާއި، މިހާތަނަށް އޭނާގެ ހެދި ހުރިހާ ޓެސްޓްތަކެއްވެސް ނެގެޓިވްވެފައިވާކަމަށް ޑރ.މޫސާ މުރާދު ވިދާޅުވިއެވެ.
ޑޮކްޓަރ ވިދާޅުވީ ނިޔާވި މީހާއަކީ އިންޑިއާއިން ރާއްޖެއައި ކަރަންޓީން ފެސިލިޓީގައި ބެހެއްޓުމަށްފަހު އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ގެންދިޔަ މީހެއްކަމަށާއި، އޭނާއަށް ފަރުވާދެމުން ދިޔައީ ސިއްޙީ އެހެން މައްސަލައަކަށްކަމަށެވެ.
އިންޑިއާގެ ކޮޗިން އިން 188 ދިވެހިން، ޓްރިވެންޑްރަމްގައި ތިބި 205 ދުވެހިން އަދި އޭގެ ފަހުން ބެންގަލޫރާއި ކޮޗިންގައި ތިބި 159 ދިވެހިން ރާއްޖެ ގެނެސްފައިވެއެވެ. މި އެންމެންވެސް ތިބީ ކަރަންޓީން ފެސިލިޓީގައެވެ. އަދި ދިގު މުއްދަތަަކށް ފަރުވާހޯދަމުންދާ ބައެއް މީހުން ވަނީ ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!