ހއ. އުލިގަމުން ކޯވިޑް-19 އަށް ފައްސިވި ކޭސް 52 އާއި ގުޅިގެން މޮނިޓަރިން ހާލަތަށް ގެނައި ހއ. އުލިގަމު ފިޔަވައި އެހެން ހުރިހާ ރަށެއް މޮނިޓަރިން ހާލަތުން ނަގައިފިއެވެ.

މިރޭ ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، މިވަގުތު މޮނީޓަރިންގެ ހާލަތުން އާއްމު ހާލަތައް ގެނެސްފައިވާ އުތުރުގެ ރަށްތަކަކީ ހދ. ނޮޅިވަރަމް، ހއ.ތުރާކުނު، ހދ.ވައިކަރަދޫ، ހއ.ތަކަންދޫ، ހއ.އިހަވަންދޫ، ހދ. ހިރިމަރަދޫ، ހއ.ހޯރަފުށި، އަދި ހއ.މާރަންދޫ ކަމަށެވެ.

Ad
rt

ހދ. ހިރިމަރަދޫ މޮނީޓަރިންގެ ހާލަތުން ނެގިއިރު، އެރަށުގައި ހއ.އުލިގަމުން ކޮވިޑް-19 އަށް ފައްސިވި މީހަކާއި އެއް ކޮޓަރިއެއް ޝެއަރ ކުރި ފަރާތެއް ހިރިމަރަދޫގައި ހުރިއިރު އޭނާގެ ސާމްޕަލް ނަގާފައި ނުވާތީ ގިނަބަޔަކު އަންނަނީ ފާޑުކިއުންތައް އަމާޒު ކުރަމުންނެވެ.

ހއ. އުލިގަމުން އެބަށްޔަށް ފައްސިވެފައި ވަނީ އެ ރަށުން މާލެ އަައުމަށްފަހު މި މަހުގެ 15 ވަނަ ދުވަހު އަނބުރާ އެ ރަށަށް ދިޔަ މީހެކެވެ. މޮނީޓަރިންގެ ހާލަތުން މިރަށްތަށް ނަގާފައިވާއިރު އޭނާއާއި އެއް ބޯޓެއްގައި ދިޔަ މީހުން ވަނީ މިހާރު ވަނީ އެކަހެރިކޮށްފަ އެވެ. ނަމަވެސް މީގެން އެއްވެސް ފަރާތެއް ޓެސްޓުރެވެމުން ނުދާކަމަށް ގިނަ ރަށްރަށުން މަޢުލޫމާތުދެއެވެ. މީގެ ދެދުވަސް ކުރިން ބޭއްވި ޕްރެސްގައި ޑރ. ނަޒްލާ ވިދާޅުވީ ކޭސް 52 އާއި ސީދާ ބައްދަލުވި 131 މީހުން ދެނެގަނެވިފައި ވާކަމަށެވެ.