މިއަދު މާލެއިން ފައްސިވި 14 މީހުންގެ ތެރޭގައި 80 އަހަރުގެ މީހަކު ހިމެނޭކަމަށާއި އެމީހާ މިހާރު އިތުރު ފަރުވާއަށް ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފިކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ އެމީހާއަކީ ހައި ރިސްކް މީހަކަށް ވާތީ ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ ކަމަށެވެ.

Ad
rt

މި 14މީހުންގެ ތެރޭގައި ހިމެނެނީ 8 ދިވެހިންނާއި ބަންގްލަދޭޝްގެ 6މީހެކެވެ. މިއާއެކު މާލެއިން ފައްސިވި މީހުންގެ ޖުމުލަ ޢަދަދުވަނީ 63 އަށް އިތުރުވެފައެވެ. އަދި މުޅި ރާއްޖެއިން ކޯވިޑް-19އަށް ފައްސިވި މީހުންގެ ޢަދަދު މިވަނީ 83 އަށް އިތުރުވެފައެވެ. މިއަދު ފައްސިވި މީހުން އައިސޮލެޝަނަށް ގެންދިއުމުގެ މަސައްކަތް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ދަނީ ކުރައްވަމުންނެވެ.

ރޭ ދަންވަރުވެސް މާލެއިންވަނީ 2 މީހަކު ކޯވިޑް-19އަށް ފައްސި ވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ދިވެއްސަކާއި ބިދޭސީއެކެވެ. މިއަދު މާލެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ކޭސް ނަންބަރުތަކަކީ 70، 71، 72، 73، 74، 75، 76، 77، 78، 79، 80، 81، 82 އެވެ.