މިހާލަތުގައި ބަލި ކޮންޓްރޯލް ކުރުމަށް އެޅޭނެ އެންމެ ބޮޑު ފިޔަވަޅަކީ ތެދުހެދުން ކޯވިޑް-19 ޓާސްކް ފޯހުގެ ހެޑް ޑރ. އަލީ ލަތީފް ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއައިއޯސީ)ގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޢަލީ ލަޠީފް ވިދާޅުވީ ބަލި ކޮންޓްރޯލް ކުރުމަށް އެޅޭނެ އެންމެ ބޮޑު ފިޔަވަޅަކީ ތެދުހެދުން ކަމަށެވެ. އެގޮތުން ސީދާ ބައްދަލުވާ މީހުންގެ ތެދު މައުލޫމާތު ހާމަ ކުރުމާއި، ބަލީގެ އަލާމަތްތައް ފެނުމުން ތެދަށް އެ މައުލޫމާތުތައް ހިއްސާ ކުރުމަށް ޑރ. އެދިވަޑައިގަތެވެ.

Ad
rt

ޑރ. ޢަލީ ލަޠީފް ވިދާޅުވީ މާސްކް އަޅަން ކޮންމެހެން ނުޖެހޭކަމަށް ކުރިން އިރުޝާދު ދީފައިވަނީ އޭރުގެ ޙާލަތަށް ބަލާފައިކަމަށެވެ. ނަމަވެސް، މިހާރުގެ ޙާލަތަށް ބަލައި، ބޭރަށް ނުކުންނަ ނަމަ މާސްކް އެޅުމަށް ޑރ. އަލީ ލަތީފް އެދިވަޑައިގަތެވެ. އެހެންނަމަވެސް އެންމެ އިސްކަމެއް ދޭންވީ އިޖުތިމާއީ ގައިދުރުކަމަށާއި، ސައިބޯނި ލައިގެން އަތް ދޮވުން ފަދަ ކަންކަން ކަމަށް ޑރ. ވިދާޅުވިއެވެ.

މިއަދުވެސް މިހާތަނަށް މާލެ ސިޓީއިންވަނީ 15 މީހަކު މިބައްޔަށް ފައްސިވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 9 ދިވެހިންނާއި، އިންޑިއާ 4 މީހުންނާއި އަދި ބަންގުލަދޭޝްގެ 2 މީހެކެވެ.