ނޭޕާލްއާއި ބަންގްލަދޭޝްގައި ކިޔަވަން ތިބި 71 ދިވެހި ދަރިވަރުންގެ އިތުރުން ބަންގްލަދޭޝްގެ 10 މެޑިކަލް ޑޮކްޓަރުންގެ ޓީމެއް މިއަދު ރާއްޖެ އަތުވެއްޖެ އެވެ.
ފޮރިން މިނިސްޓްރީން ބުނީ ނޭޕާލާއި ބަންގްލަދޭޝްގައި ތިބި ދިވެހިން މިއަދު ގެނައީ ބަންގަލްދޭޝްގެ އަސްކަރީ މަތިންދާބޯޓެއްގައި ކަމަށާއި އެގޮތުން ބަންގަލްދޭޝްގައި ތިބި 53 ދިވެހިންނާއި، ނޭޕާލުގައި ތިބި 18 ދިވެހިންގެ ގެނެސްފައިވާ ކަމަށެވެ.
ދިވެހިންގެ އިތުރުން ކޯވިޑް-19 ގެ ހާލަތުން އަރައި ގަތުމަށް ރާއްޖެއިން ކުރާ މަސައްކަތުގައި އެއްބާރުލުން ދިނުމަށް ބަންގުލަދޭޝްގެ 10 މެޑިކަލް ޑޮކްޓަރުން ޓީމެއްވެސް އެބޯޓުގައި ވަނީ ރާއްޖެ އައިސްފައިއެވެ.
އެ ހުރިހާ ފަރާތްތައް ވެސް ފުރަތަމަ ޖެހޭނީ ސަރުކާރުން ކަނޑައަޅާ ތަނެއްގައި 14 ދުވަސް ކަރަންޓީން ފުރިހަމަ ކުރާށެވެ.
Very happy to welcome home Maldivians who returned back from #Nepal & #Bangladesh this afternoon via special evacuation flight. Sincere thanks to FM of Bangladesh @AKAbdulMomen and Chief of Army Staff of Bangladesh, Gen. Aziz Ahmed for the excellent cooperation & assistance.
— Abdulla Shahid (@abdulla_shahid) April 20, 2020
ނޭޕާލާއި ބަންގްލަދޭޝްގައި ތިބި ދިވެހިން ގޮވައިގެން މިއަދު ރާއްޖެއަށްއައި ބަންގްލަދޭޝްގެ އަސްކަރީ މަތިންދާބޯޓު ފުރާއިރު، އެމަތިންދާބޯޓުގައި ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް އުޅެމުންދާ ބަންގްލަދޭޝްގެ 70 މީހަކު އަނބުރާ އެޤައުމަށް ގެންދާނެކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ރޭ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!