މާލެއިން އިތުރު 8 މީހުން ކޯވިޑް-19 އަށް ފައްސިވެއްޖެ
މާލެއިން އިތުރު 8 މީހަކު ކޯވިޑް-19 އަށް ފައްސި ވެއްޖެއެވެ.
މި ބައްޔަށް މިފަހަރު ފައްސި ވެފައިވަނީ 6 ދިވެހިންނާއި، ބަންގްލަދޭޝް 2 މީހެއް ކަމަށް އެޗްޕީއޭއިން ބުނެއެވެ.
މި މީހުން އައިސޮލޭޝަން ފެސިލިޓީއަކަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.
Correction:
An additional 8 cases (MAV053, MAV054, MAV055, MAV056, MAV057, MAV058, MAV059, MAV060) six Maldivians and two Bangladesh nationals have been confirmed.
This totals the number of confirmed cases in Male’ City to 40.
— Health Protection Agency (@HPA_MV) April 20, 2020
މިއަދު އިތުރު 8 މީހުން ބައްޔަށް ފައްސިވުމާއި އެކު މާލެ ސިޓީއިން 40 މީހަކު މިބައްޔަށް ފައްސިވީއެވެ.
އަތޮޅު ތެރެއިން މީހުން ދިރިއުޅޭ ރަށަކުން މިބަށްޔަށް ފައްސިވި ފުރަމަ މީހާ އިއްޔެވަނީ ފެނިފައެވެ. އޭނާ ހުރީ ހއ. އުލިގަމުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!