އަތޮޅުތަކުގެ ރަށްރަށުގައި ދިރިއުޅޭ މީހުނަށް ބޭނުންވާ ކާޑާއި އެހެނިހެން މުހިންމު ބާވަތްތައް ފޮނުވުމަށް އެސްޓީއޯއިން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ތިލަދުންމަތީގެ ރަށްތަކަށް ބޭނުންވާ ފިޔާ، އަލުވި އަދި ބިސް ގެނެސްފި އެވެ.

އެސްޓީއޯއިން މިފަހަރު ވަނީ 1800 ބަސްތާ ފިޔާ އާއި، 550 ބަސްތާ އަލުވި އަދި 1000 ކޭސް ބިސް އުތުރުގެ ރަށްތަކަށް ޚާއްސަކޮށްގެން ކުޅުދުއްފުށީ ސިޓީއަށް ފޮނުވާފައެވެ.

Ad
rt

މީގެތެރެއިން ބައެއް މިހާރުވަނީ ތިލަދުންމަތީގެ ހއ. އަތޮޅަށް ފޮނުވާފައި އެވެ. އަދި ބ. އަތޮޅަށްވެސް އެސްޓީއޯއިން ވަނީ އެތަކެތީގެ ތެރެއިން ބައެއް މިހާރު ފޮނުވާފައެވެ.

ކުޅުދުއްފުށީ އެސްޓީއޯ ފިހާރައިން މިއަދު އެތަކެތި ބާޒާރަށް ނެރުމަށް މަސައްކަތްކުރަމުންދާއިރު، އެސްޓީއޯ ކުޅުދުއްފުށީ ފިހާރައިން މަސައްކަތް ކުރަމުން ދަނީ ގޭގައި ތިބެގެން އޮންލައިންކޮށް އެތަކެތި ރައްޔިތުންނަށް ފޯރުކޮށްދިނުމަށެވެ.

އެސްޓީއޯއިން ބުނީ އަލުވި ކިލޯއެއް 14 ރުފިޔާއަށް ވިއްކަން ހަމަޖެހިފައިވާއިރު ބަސްތާއެއް ވިއްކަން ހަމަޖެހިފައިވަނީ 280 ރުފިޔާއަށް ކަމަށެވެ. ފިޔާ ވިއްކުމަށް ނިންމާފައި ވަނީ 12 ރުފިޔާއަށް ފިޔާ ކިޔޯއެއް ކަމަށާއި، ބަސްތާއެއް ވިއްކަން ހަމަޖެހިފައިވަނީ 265 ރުފިޔާއަށް ކަމަށް އެސްޓީއޯއިން ބުންޏެވެ.

ބިސް ވިއްކަން ހަމަޖެހިފައިވާ ވަކި ބިހުން ކަމަށާ ބިހެއް ވިއްކަން ހަމަޖެހިފައިވަނީ 1.5 ރުފިޔާއަށް އެސްޓީއޯ އިން މައުލޫމާތުދެ އެވެ.

އެސްޓީއޯއިން ބުނީ މި ދަނޑިވަޅު ރައްޔިތުންގެ ފުޑް ސެކިއުރިޓީ ދެމެހެއްޓުމަކީ އެ ކުންފުނިން މި ވަގުތު އެންމެ ބޮޑު އިސްކަންދޭ ކަންތައް ކަމަށެވެ. އެހެންވެ ރަށްރަށަށް ބޭނުންވާ ފިޔާ އާއި ބިހާއި އަލުވީގެ އިތުރުން ކާޑުގެ ބާވަތްތަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެސްޓީއޯއިން ތިލަދުންމައްޗަށް މިފަހަރު ފޮނުވި ފިޔާ،އަލުވި އަދި ބިސް ކުޅުދުއްފުއްޓަށް ގެނެސްފައި ވަނީ އިންޑިޔާމަގުންނެވެ.