ހއ. އަދި ހދ. ގެ ރަށްތަކަށް ދަތުރު ކުރާ ބޯޓެއްގައި ކޯވިޑް-19 އަށް ޝައްކު ކުރެވޭ މީހަކު ހުރުމުން ކުރިޓެސްޓުން އޭނާ ކޮރޯނާވައިރަސްއަށް ފައްސިވެފައިވާތީ، އުތުރުން 6 ރަށެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.
އެނގިފައިވާ ގޮތުގައި ކޮރޯނާ ވައިރަސްއަށް ފައްސިވި މީހާ ދަތުރުކޮށްފައި ވަނީ "ކާވިއާ" ނަމަކަށް ކިޔާ ހއ. އިހަވަންދޫ ބޯޓެއްގަ އެވެ.
ފައްސިވި މީހާއަކީ މާލެއިން އުލިގަމަށް ދަތުރު ކުރި މީހެކެވެ.
މިކަމާއި ދޭތެރޭ އެޗްޕީއޭއިން އަދި ރަސްމީ ބަހެއް ހާމަކޮށްފައި ނުވާއިރު، ލޮކްޑައުން ކުރި ކަމަށްބުނާ ބައެއް ރަށްތަކުގެ ކައުންސިލް ތަކަށް ގުޅާލުމުން އެރަށްތައް އެޗްޕީއޭގެ އެންގުމަށާއި، ރީޖަނަލް ހޮސްޕިޓަލްގެ އިދުޝާދަށް ލޮކްޑައުން ކުރެވިފައިވާކަން ވަނީ ޔަޤީންކޮށް ދީފައެވެ.
މާލެއިން މި ބައްޔަށް 14 ބަންގުލަދޭޝް މީހަކާއި، އިންޑިއާ 2 މީހަކު މިއަދު ފައްސިވެފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ހާމަ ކުރަށްވާފައެވެ. އަދި އުލިގަމުން ޓެސްޓު ކުރިމީހާ ކޮރޯނާ ވައިރަސްއަށް ފައްސިވެފައިވާ ކަމަށް ސަރުކާރުގެ ކޯވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވަނީ ވިދާޅުވެފައިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!