މާފުށީ ޖަލުގައި ހަމަ ނުޖެހުމެއް ހިނގައި، ޤައިދީއަކަށާއި 2 އޮފިސަރަކަށް އަނިޔާވެއްޖެއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާރވިސަސްއިން ކުރި ޓުވީޓެއްގައި ބުނީ މާފުށީ ޖަލުގެ ޔުނިޓު 9 ގައި ތިބި ޤައިދީންނަށް މިރޭ ކާންދިނުމަށްޓަކައި ޔުނިޓު ހުޅުވި ވަގުތު ބައެއް ޤައިދީން ވަނީ ގަދަކަމުން ޔުނިޓުން ނުކުމެފައި ވާކަމަށެވެ.
އެ ހާދިސާގައި ޤައިދީއަކަށާއި 2 އޮފިސަރަކަށް ވަނީ އަނިޔާވެފައި ވާކަމަށާއި، ހާލަތު ވަނީ ކޮންޓުރޯލު ކުރެވިފައި ކަމަށްވެސް ކަރެކްޝަންސްއިން ބުންޏެވެ.
މާފުށީ ޖަލުގެ ޔުނިޓު 9 ގައި ތިބި ޤައިދީންނަށް މިރޭ ކާންދިނުމަށްޓަކައި ޔުނިޓު ހުޅުވި ވަގުތު ބައެއް ޤައިދީން ވަނީ ގަދަކަމުން ޔުނިޓުން ނުކުމެފައި. ނަމަވެސް، ހާލަތު މިހާރު ވަނީ ކޮންޓުރޯލުކިރެވިފައި. ހާދިސާގައި ޤައިދީއަކަށާއި 2 އޮފިސަރަކަށް ވަނީ އަނިޔާވެފައި.
— Maldives Correctional Service (@CorrectionsMv) April 18, 2020
ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ މާފުށީގައި މިރޭ ހިނގި ހާދިސާއާއި ގުޅިގެން ހޯމް މިނިސްޓަރު އިމްރާނާއެކު، މާފުށި ޖަލަށް ދަތުރު ކުރަށްވަމުން ދާކަމަށެވެ.
I am traveling with minister of home affairs @ShimranAb to maafushi prison to inquire about tonight’s incident. https://t.co/5k9XU5FgDm
— Ahmed Mohamed (@ahumadhumohamed) April 18, 2020
ކޯވިޑް-19 އާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ އަދަބު ލުއިކޮށްދެއްވާފައި ވާ 105 ޤައިދީން، އިއްޔެގެ ނިޔަލަށް މިނިވަންވެފައި ވާތީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން އެ ފަރާތްތަކު ގެތަކަށް ގެންފޮސްދީފައި ވާކަމަށް ކަރެކްޝަންސްއިން ވަނީ ކުރިން ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!