ހަތަރު އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ، ކުޑަކުދިންނަށް ކުރާ އަނިޔާތަކަކީ އެ ސާވިސް އިން ވަރަށް ސީރިއަސްކޮށް ބަލަމުންދާ މައްސަލަތަކެއް ކަމަށާއި ކުއްޖާގެ އައިޑެންޓިޓީގެ ރައްކާތެރިކަމަށްޓަކައި އެ މައްސަލަ ހިނގި ރަށުގެ މައުލޫމާތު ހިއްސާ ނުކުރާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުން އައި ނަމަވެސް އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށާއި އެ މައްސަލަ ހުށަހަޅާފައިވަނީ ނ، ރ، ބ، ޅ ހިމެނޭ ނޯތް ޑިވިޝަނަށް އިއްޔެ (15 އޭޕްރީލް 2020) ވަގުތެއްގައި ކަމަށެވެ.
ޖިންސީ ގޯނާ ކުރުމުގައި އަމަލީ ގޮތުން ބައިވެރިވާ މީހުންނަށް އެ މީހުން ކުރާ އަމަލާއި އަނިޔާ ލިބޭ ކުއްޖާ އާއި އެ މީހަކާ ދެމެދު ހުރި އާއިލީ ގާތް ކަމަށް ބަލައި، 10 އަހަރާއި 25 އަހަރު ދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!