މިއަދު މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހާއާއި ކޮންޓެކްޓްވި މީހަކު ޕޮޒިޓިވްވެއްޖެ ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

އެޗްޕީއޭއިން ދެންމެ ކުރި ޓުވީޓެއްގައި ވަނީ އެކަން ކަށަވަރުކޮށްދީފައެވެ. މާލެއިން ޕޮޒިޓިވްވި މީހާއާ ކޮންޓެކްޓްވި މީހަކު ޕޮޒިޓިވްވެފައިވާއިރު އޭނާއާއި 65 މީހަކާ ވަނީ ޑައިރެކްޓް ކޮންޓެކްޓްވެފައިވާކަމަށް މިއަދުގެ ނޫސްވެރިންގެ ބައްދަލު ވުމުގައި ސަރުކަރުން ވަނީ ބުނެފައެވެ.

Ad
rt

އެޗްޕީއޭގެ ޓުވީޓުގައި ބުނެފައުވަނީ މިމީހާއަކީ މިއަދު މާލެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހާއާއި ސީދާ ދިމާވި މީހުންގެ ތެރެއިން މީހެއްކަމަށެވެ.

މިއަދު ހެނދުނު މާލޭސިޓީއިން ‎ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހާގެ ކޮންޓެކްޓް ޓްރޭސިންގ މަސައްކަތުގެ ތެރެއިން ފާހަގަކުރެވިގެން ދެ ގެޔަކާއި، އެޕާޓްމަންޓަކާއި އަދި ރަށެއް މޮނިޓަރިންގެ ހާލަތަށް މިރޭ ވަނީ ގެނެސްފައެވެ.

އެޗްޕީއޭއިން ބުނީ އެގޮތުން ހ. ރަތްކުރެދި އިމާރާތުގެ 4 ވަނަ ފަނގިފިލާ އަދި ނޫމަސްވާދީ، މ. ޖަރީމާގެ އަދި ސ. ހިތަދޫ މިހާރު ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެވިފައި ކަމަށެވެ.

މިއީ މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވި 7 ވަނަ ދިވެއްސެވެ. މީގެ ކުރިން މި ބައްޔަށް ޕޮޒިޓިވް ވެފައިވަނީ އިނގިރޭސިވިލާތުން ރާއްޖެ އައި ހަތަރު ދިވެއްސަކާއި، ފިލިޕީންސް އިން ރާއްޖެ އައި މީހެކެވެ.

އެ ހަތަރު މީހުންގެ ގައިން ވެސް ބަލި ފެނިފައި ވަނީ ކަރަންޓީނުގައި ތިއްބަ އެވެ.

މާލެ ތެރެއިން މި ބައްޔަށް ޕޮޒިޓިވް ވެފައިވާ މީހުން ފެންނަން ފަށާފައިވާއިރު ރާއްޖޭގައި ކޮރޯނާވައިރަސް ކޮމިޔުނިޓީ ސްޕްރެޑް ނޫނީ މުޖުތަމައުގެ ތެރެއަށް ފެތުރިއްޖެ ނަމަ، 98،000 މީހުންނަށް ބަލިޖެހޭނެ ކަމަށް އެޗްޕީއޭ އިން އެކުލަވާލި ދިރާސާއިން ވަނީ ދައްކައިފަ އެވެ.