ިތިމާގެ ހިތްހަމަޖެހުމަށްވުރެން އަނެކާގެ ރައްކާތެރިކަން ޙިޔާރުކުރަން އެންމެހާ ދިވެހިނަށް މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަން (އެމްއެމްއޭ) އިން އިލްތިމާސް ކޮށްފިއެވެ.

އެމްއެމްއޭ އިން އެގޮތަށް ބުނީ މިރޭ ކޮށްފައިވާ ޓުވީޓު ތަކެއްގައިއެވެ. އެ ޓުވީޓުތަކުގައި އެ އެސޯސިއޭޝަނުން ބުނީ ހުރިހާ އެންމެންގެ ރައްކާތެރިކަމަށް ސިއްހީ ހިދުމަތްތެރިން ކުރަންޖެހޭ ކަންކަން ކުރަން ޖެހޭނެކަމީ ޔަޤީންކަމެއް ކަމަށެވެ. މިގޮތުން ނަގަންޖެހޭ ޒިންމާގެ ދަށުން ނިންމާ ކަންކަމުން ސިއްހީދާއިރާގެ ހިދުމަތްތެރިންނަށް ފުރައްސާރަކޮށް ބިރުދެއްކުމަކީ ދަށު ދަރަޖައިގެ އަމަލެއް ކަމަށް އެ އެސޯޝިއޭސަނުން ބުނެފައިވެއެވެ.

Ad
rt

އެމްއެމްއޭ އިން އިތުރަށް ބުނީ، މިއަދު ލ. އަތޮޅަށް ދިޔަ މޯލްޑިވިއަންގެ ފްލައިޓް ގައި ކަންކަންވީ ގޮތާއި، އެކަމުގެ ސަބަބުން ސިއްހީ ޚިދުމަތްތެރިން ނެގި ވިސްނުންތޫނު ނިންމުމަށް އަޅުގަނޑުމެން އެންމެން ފަޚުރު ވެރިވާކަމަށެވެ.

" ފްލައިޓް ގައި ތިބި ބައެއް ޕެސެންޖަރުންގެ އަމަލުތައް ހަރުކަށިއިބާރާތުން ކުއްވެރިކުރަމެވެ. ހަމަޔަގީނުންވެސް މަދުބަޔެއްގެ ހިތްހަމަޖެހުމަށްވުރެން އެންމެގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން މުހިންމުކަމީ މިއަދުގެ މިހާލަތުގައި ދެބަސްނުވެވޭނެ ހަޤީގަތެކެވެ. '' އެމްއެމްއޭ އިން ބުނެފައި ވެއެވެ.