އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި މާދަމާއިން ފެށިގެން ހޮނިހިރު ދުވަހާ ހަމައަށް ހާއްސަ ބަލިތަކުގެ އޯޕީޑީ ހިދުމަތްތަކާއި ކުލިނިކަލް ހިދުމަތްތައް ބަންދުވާނެކަމަށް އެ ހޮސްޕިޓަލުން ބުނެފިއެއެވެ.

މިއަދު އެ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މާލެއިން ދިވެއްސަކު ކޯވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން ބުރާސްފަތި އަދި ހޮނިހިރު ދުވަހު މި ޚިދުމަތްތައް ބަންދުކުރެވިފައިވާ ކަމަށާއި އާންމުކޮށްވެސް ހުކުރު ދުވަހު މި ހިދުމަތްތައް ނުދޭކަމަށެވެ.

Ad
rt

ނަމަވެސް އައިޕީޑީ އާއި އެމަޖެންސީ ހިދުމަތްތައް ދެމުންދާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފައި ވެއެވެ. އަދި އާދިއްތަ ދުވަހުން ފެށިގެން އަމަލުކުރާނެ ގޮތެއް ހޮނިހިރު ދުވަހު އަންގާނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.