ކޮވިޑް-19އާ ގުޅިގެން މާލެސިޓީ “ލޮކްޑައުން” ޙާލަތަށް ގެނެސްފައިވާތީ އެޗް.ޕީ.އޭއިން ވަކި ގޮތަކަށް އަންގަންދެން އެތެރޭގެ އުދުހުންތައް މެދުކަނޑާލާފައިވާ ކަމަށް ޤައުމީ އެއަރލައިން މޯލްޑިވިއަނުން ބުނެފިއެވެ.
މޯލްޑިވިއަނުން ކުރި ޓުވީޓެއްގައ ބުނީ ކޮވިޑް-19އާއި ގުޅިގެން މާލެސިޓީ “ލޮކްޑައުން” ޙާލަތަށް ގެނެސްފައިވާތީ އެޗް.ޕީ.އޭއިން ވަކި ގޮތަކަށް އަންގަންދެން އެތެރޭގެ އުދުހުންތައް މި ވަގުތަށް މެދުކަނޑާލާފައިވާ ވާހަކަ ހުރިހާ ކަސްޓަމަރުންގެ މަޢުލޫމާތައްޓަކައި ދެންނަވާ ކަމަށެވެ.
ކޮވިޑް-19އާ ގުޅިގެން މާލެސިޓީ “ލޮކްޑައުން” ޙާލަތަށް ގެނެސްފައިވާތީ އެޗް.ޕީ.އޭއިން ވަކި ގޮތަކަށް އަންގަންދެން އެތެރޭގެ އުދުހުންތައް މި ވަގުތަށް މެދުކަނޑާލާފައިވާ ވާހަކަ ހުރިހާ ކަސްޓަމަރުންގެ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.
— Maldivian (@MaldivianAero) April 15, 2020
މޯލްޑިވިއަނުން އެތެރޭގެ އުދުހުންތައް މެދު ކަނޑާލި އިރު، ކޮވިޑް-19 އާއި ގުޅިގެން ދަތުރުތައް މަދުކޮށް ކުރަމުން އައީ ދުވާލަކު ފަސް ޑޮމެސްޓިކް ދަތުރެވެ.
ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)އިން މިއަދު ވަނީ ކުރިއަށް އޮތް 24 ގަޑިިއިރަށް މާލޭގައި މީހުން ބޭރަށް ނުކުމެ އުޅުމާއި ދަތުރުފަތުރު ކުރުން މަނާކޮށްފައެވެ.
މިއަދު އިތުރު ދިވެއްސެއް މިބައްޔަށް ފައްސިވެފައި ވާއިރު، މިއީ މިހާތަނަށް ކޮވިޑް-19 އަށް ފައްސިވި ހަ ވަނަ ދިވެއްސެވެ. މީގެ ކުރިން މި ބައްޔަށް ފައްސިވި ވެފައިވަނީ އިނގިރޭސިވިލާތުން ރާއްޖެ އައި ހަތަރު ދިވެއްސަކާއި، ފިލިޕީންސް އިން ރާއްޖެ އައި މީހެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!