ބިރުވެރި ކަމުގެ މައްޗަށް ހިކުމަތްތެރިކަން އިސްކުރެއްވުމަށް ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ގެ ތަރުޖަމާނު މަބްރޫކް އަޒީޒް އިލްތިމާސްކުރައްވައިފިއެވެ.
އެގޮތުން އޭނާ ވިދަޅުވީ މި ވަގުތަކީ ބިރުވެރި ވަގުތެއް ކަމަށާއި މިއީ އެންމެން ގުޅިގެން ފަރުދީ ޒިންމާ އަދާކުރައްވީ ވަގުތު ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.
އަދި މި ބަލިން ރައްކާތެރިވެ ތިބުމަށް އެންމެ ވެސް ގޭގައި މަޑުކުރެއްވުމަށް އިލްތިމާސްކޮށް ވިދާޅުވީ މި ވަގުތަކީ މިބަލިން ސަލާމަތް ކުރައްވާތޯ ކޮންމެ މީހަކުވެސް ދުއާ ދެންނެވުންމަތީ ތިއްބެވުމަށް މަބްރޫކް ވަނީ އެދިވަޑައިގެންފައެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާވެސް ވަނީ މިކަމަށް އިލްތިމާސްކުރައްވާފައެވެ. މިއިލްތިމާސް ރައީސް ކުރެއްވީ މާލޭގައި ދިރިއުޅޭ ދިވެހި ރައްޔިތެއް، މިއަދު ކޮވިޑް 19 އަށް ޕޮޒިޓިވްވުމާ ގުޅިގެން، ޢަމަލުކުރުމަށް ނިންމާފައިވާ ބައެއް ކަންކަމުގެ މަޢުލޫމާތު ރައްޔިތުންނާ ޙިއްޞާކުރައްވައި މިއަދު މެންދުރުފަހު ޤައުމާ މުޚާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ބަލިން ރައްކާތެރިވުމަށް، އެޅެން އޮތް އެންމެ މުހިންމު ފިޔަވަޅަކީ، ބޭރުތެރެއަށް ނުނިކުމެ ގޭގައި މަޑުކުރެއްވުމާއި އަދި ޞިއްޙީ ޚިދުމަތްތެރިން ދެއްވާ ލަފަޔާ އެއްގޮތަށް ގިނަގިނައިން އަތް ދޮވެ ސާފުތާހިރުކަމުގެ މިންގަނޑުތަކާ އެއްގޮތަށް ޢަމަލުކުރެއްވުން ކަމުގައެވެ. އަދި މިދަނޑިވަޅުގައި އެކަކު އަނެކަކާ މެދު އޯގާތެރިކަމާއި އެކުވެރިކަމާއެކު މުޢާމަލާތް ކުރުމަށާއި ކެތްތެރިކަން އިސްކުރައްވައި އިސްލާމް ދީނުގެ މަތިވެރި އުޞޫލުތަކުގެ ތެރެއިން އެކަކު އަނެކަކަށް އެހީތެރިވުމަށް ވެސް ރައްޔިތުންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!