މާލެހިޔާ ކައިރީ ހުންނަ ފްލޫ ކްލިނިކަށް ދިޔަ ދިވެއްސަކު ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިގެން އެ މީހާއާއި ގުޅޭ 4 ގެއެއް ބަލަމުންދާ ކަމަށް ސަރުކާރުން ހާމަ ކުރަށްވައިފިއެވެ.
ކޯވިޑް-19 ގެ މައުލޫމާތު ދިނުމަށް މިހާރު ނޭސަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލްވުމުގައި (އެޗްޕީއޭ) ގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، އަލަށް ފައްސިވި ދިވެހި މީހާއާއި ގުޅުން ހުރި ހަތަރު ގެޔެއް މިހާރު ބަލަމުންދާ ކަމަށެވެ.
މާލެއިން ފައްސިވި މީހާއާއި އެކި ގޮތްގޮތުން ކޮންޓެކްޓްވި 54 މީހަކު ވަނީ އައޮސޮލޭޓް ކުރެވިފައި ކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.
މާލޭގެ އެކި ސަރަހައްދުތަކުގައި ކޮންޓެކްޓް ޓްރޭސިން ކުރަމުންދާ ކަމަށާއި، ކޭސްއާއި ގުޅިގެން އައްޑޫ 2 މީނުން އަދި ގދ. ވާދޫ 2 މީހަކު ވަނީ އައިސޮލޭޓް ކުރެވިފައިކަމަށްވެސް ޑރ. ނަޒުލާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!