ކޮވިޑް-19 ގެ ބިރުވެރިކަން ފިލާ ނުދާ ކަމަށާއި، ރާއްޖެ ވަށައިގެންވަނީ ތޫފާނެއް ފަދަ ބިރުވެރިކަމެއް ކަމަށް ވިދާޅުވެ، ކޮވިޑް-19 އިން ރައްކާތެރި ވުމަށް ދޭ ސަމާލުކަން ކުޑަ ނުކުރުމަށް ކޮވިޑް-19 ގެ ތަރުޖަމާނު މަބްރޫކު އަޒީޒު އިލްތިމާސް ކުރަށްވައިފިއެވެ.

ކޮވިޑް-19 ގެ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް މިރޭ ދަރުބާރު ގޭގައި ހުންނަ ނޭސަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލްވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކު ވިދާޅުވީ މިއަދުވެސް ދުނިޔެއިން 1.8 މިލިއަނަށް ވުރެ ގިނަ މީހުން މިބައްޔަށް ފައްސިވެފައިވާ ކަމަށެވެ.

Ad
rt

ހަމައެކަނި އެމެރިކާއަށް ބެލިކަމުގައި ވިޔަސް ފަސްލައްކަ ތިރީސްހާހަށްވުރެ ގިނަ މީހުން މިބައްޔަށް ފައްސިވެއްޖެ ކަމަށާއި، މަރުވި މީހުންގެ ޢަދަދު ވަނީ އެއްލައްކަ ބާރަ ހާހަށްވުރެ މަތި ވެފައި ކަމަށް މަބްރޫކު ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ ވެހިކަލް ދުއްވުން މަނާގަޑިތަކާއި، ކާފިއު އުވާލީ އެކަންކަން މަނާ ކުރެވިފައިވައި އޮންނަ ވަގުތު ތަކުއް ނިމުމުން މީހުން ފިހާރަތަކަށާއި، ރެސްޓޯރެންޓްތަކަށް ތޮއްޖެހުން ގިނަވަކާކަން ފާހަގަ ކުރެވުމުން، ކާފިއު ނުބާއްވައި މަގުމަތީ މީހުން ތޮއްޖެހުން ކުޑަ ކުރުމުގެ ބެނުމުގައި ކަމަށެވެ.

" އެއްވެސް ހާލެއްގައި މިބަލީގެ ނުރައްކާ ރާއްޖެއަށް އޮތް މިންވަރު ކުޑަވެގެންނެއް ނޫން " މަބްރޫކް ވިދާޅުވިއެވެ.

ރާއްޖެ ވަށައިގެން ތޫފާނެއްހެން މުޅި ދުނިޔޭގައި މިބަލި ފެތުރެމުން ދާކަމަށްވެސް މަބްރޫކު ވިދާޅުވިއެވެ. އެހެން ކަމުން ކޮވިޑް-19 ރާއްޖޭގެ ނުފެތުރޭނެ ކަމަށް ނިންމައި ފަރުވާ ކުޑަ ނުކުރުމަށް މަބްރޫކު އެދި ވަޑައިގަތެވެ. މަބްރޫކް ވިދާޅުވީ އަދިވެސް އެދި ވަޑައިގަންނަވަނީ ގޭގައި ތިއްބައިވައި، އިޖުތިމާއީ ގައި ދުރުކުކުރުން އިސް ކުރެއްވުން ކަމަށެވެ.

މަބްރޫކް އިތުރަށް ވިދާޅުވީ ކަރަންޓީނު ފެސިލިޓީސް ތަކުން ދޫކޮށްލާ މީހުންވެސް ރައްކާތެރިވުމަށް އިސްކަން ދޭން އެދޭކަމަށެވެ. އެގޮތަށް ދޫކޮށްލާ މީހުންވެސް ރައްކާތެރި ކަމުގެ ހުރިހާ ފިޔަވަޅުތަކަށް ސަމާލުވެ، އެ ގޮތަށް އަމަލުކުރަން އެދޭ ކަމަށްވެސް މަބްރޫކު ވިދާޅުވިއެވެ.