ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ އަދަދު 1،700،391 (އެއް މިލިއަން ހަތް ލައްކަ ތިންސަތޭކަ ނުވަދިހަ އެކެއް) އަށް އަރައިފިއެވެ. އަދި މިބަލީގައި މިހާތަނަށް 102760 (އެއް ލައްކަ ދެ ހާސް ހަތްސަތޭކަ ފަސްދޮޅަސް) މީހުން މަރުވެއްޖެއެވެ.

ކޮވިޑް-19 މުޅި ދުނިޔެ، 11 އޭޕްރިލް 2020، ދިވެހިރާއްޖެ ގަޑި، މެންދުރު 12:00 (މައުލޫމާތު ހިމެނި ތާރީޚާއި ވަގުތު)

Ad
rt
  • ޕޮޒިޓީވް މީހުންގެ ޢަދަދު: 1،700،391
  • މަރުވި މީހުންގެ ޢަދަދު: 102،760
  • ރަނގަޅުވި މީހުންގެ ޢަދަދު: 376،572

ކޮވިޑް-19 ޖެހޭ ނިސްބަތް އިތުރުވަމުން ދާ ގޮތް

  • 2020 ޖެނުއަރީ 19، 100 މީހުން
  • 2020 ޖެނުއަރީ 24، 1،000 މީހުން
  • 2020 ފެބްރުއަރީ 12، 50،000 މީހުން
  • 2020 މާރިޗް 6، 100،000 މީހުން
  • 2020 މާރިޗް 18، 200،000 މީހުން
  • 2020 މާރިޗް 21، 300،000 މީހުން
  • 2020 މާރިޗް 24، 400،000 މީހުން
  • 2020 މާރިޗް 28، 600،000 މީހުން
  • 2020 މާރިޗް 29، 700،000 މީހުން
  • 2020 މާރިޗް 31، 800،000 މީހުން
  • 2020 އޭޕްރިލް 1، 900،000 މީހުން
  • 2020 އޭޕްރިލް 2، 1،000،000 މީހުން
  • 2020 އޭޕްރިލް 3، 1،100،000 މީހުން
  • 2020 އޭޕްރިލް 4، 1،200،000 މީހުން
  • 2020 އޭޕްރިލް 6، 1،300،000 މީހުން
  • 2020 އޭޕްރިލް 8، 1،500،000 މީހުން
  • 2020 އޭޕްރިލް 10، 1،600،000 މީހުން

މިބަލި މިހާރުވެސް އެންމެ ހަލުވިކަމާއިއެކު ފެތުރެނީ އެމެރިކާގައެވެ. އިއްޔެވެސް އެމެރިކާއިން 33،752 މީހުން މިބައްޔަށް ވަނީ ޕޮޒިޓިވް ވެފައިއެވެ. އިއްޔެ އެކަނިވެސް އެގައުމުގައި 2035 މީހުން މަރުވިއެވެ.

މިބަލި އިއްޔެ އެކަނިވެސް 94625 މީހުންނަށްވަނީ ޖެހިފައެވެ. މިބަލީގައި އިއްޔެ 6971 މީހުންވަނީ މުޅި ދުނިޔެއިން މަރުވެފައެވެ.

2019 ވަނަ އަހަރު ޑިސެމްބަރުމަހު ފަހުކޮޅު ޗައިނާގެ ވޫހާން ސިޓީގެ މާރުކޭޓަކުން ފެތުރެންފެށި މިވައިރަސް ދުނިޔޭގެ 210 ޤައުމަށާއި، ސަރަހައްދަށް މިހާރު ވަނީ ފެތުރިފައެވެ.