ދުނިޔޭގެ އެކި ޤައުމުތަކުގައި ފެތުރެމުންދާ ކޮވިޑް-19ގައި މަރުވި މީހުންގެ ޢަދަދު ލައްކައަކަށް ވުރެ މަތިވެއްޖެއެވެ.
ދުނިޔެއިން މިހާތަނަށް މިބަލީގައި 100,440 މީހުން މަރުވެފައިވާއިރ،ު ފައްސިވިމީހުންގެ ޢަދަދު މިހާރުވަނީ 1,666,766 އަށް އަރާފައެވެ.
ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިން ބުނެފައިވާ ގޮތުގައި މިއަދަކީ މިބަލި ފެތުރެން ފެށިތާ 100 ދުވަސް ހަމަވި ދުވަހެވެ.
As we mark 100 days since the first case of what we now call #COVID19 now was notified to WHO, here is the timeline of key events and efforts taken to stop the #coronavirus from spreading.pic.twitter.com/RkmcmQ8gkj
— World Health Organization (WHO) (@WHO) April 9, 2020
ކޮވިޑް-19 މުޅި ދުނިޔެ ،10 އޭޕްރިލް 2020، ދިވެހިރާއްޖެ ގަޑި، ރޭގަނޑު 22:15 (މައުލޫމާތު ހިމެނި ތާރީޚާއި ވަގުތު)
- މަރުވި މީހުންގެ ޢަދަދު: 100,440
- ފައްސިވި މީހުންގެ ޢަދަދު: 1,666,766
- ރަނގަޅުވި މީހުންގެ ޢަދަދު: 369,956
މިބަލީގައި މިހާތަނަށް އެންމެ ގިނަ މީހުން މަރުވެފައިވަނީ 18,849 މީހުން މަރުވެފައިވާ އިޓަލީންނެވެ. މިބައްޔަށް އެންމެ ގިނަ މީހުން ފައްސިވެފައިވަނީ 488,647 ފައްސިވެފައިވާ އެމެރިކާއިންނެވެ.
2019 ވަނަ އަހަރު ޑިސެމްބަރު 31 ގައި ޗައިނާގެ ވުހާން ގައި މިބަލި ފެތުރެންފެށި މިބަލި މިހާރު ވަނީ ދުނިޔޭގެ ބައްރުގެ 210 ޤައުމަކަށާއި، ސަރަޙައްދަށް ފެތުރިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!