އަލިހުރަސް ކަނޑުތެރެއިން ބާޖެއް އޮޔާދާކަމުގެ މަޢުލޫމަތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވާތީ އެ ސަރައްޙައްދުން ދަތުރުކުރާ އުޅަނދުތަކުން ސަމާލުވުމަށް އިލްތިމާސް ކޮށްފިއެވެ.

މި ބާޖު، ކ.ގިރާވަރުގެ ދެކުނު ކަނޑުއޮޅިން ނުކުމެ އޮޔަށް ގެންދަނީ ހުޅަނގު ދެކުނަށްކަމަށާއި މި ބާޖުގައި އެއްވެސް މީހަކު ނެތް އިރު އަލިކަމެއް ވެސް ނުހުންނާނެކަމަށް ބާޖުގެ ވެރިފަރާތުން އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ދީފައިވާކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

Ad
rt

މި އުޅަނދަކީ ދިގުމިނުގައި ގާތްގަނޑަކަށް 100 ފޫޓު ހުރި ދަގަނޑު ބާޖެކެވެ.

މި ސަރަޙައްދުން ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުކަމެއް ދެއްވުމަށް އިލްތިމާސްކުރާކަމަށާއި އަދި ރޭގަނޑު ދަތުރުކުރައްވާ ފަރާތްތަކުން މި ސަރަޙައްދުން ދަތުރުކުރެއްވުމުގައި ޚާއްޞަ ސަމާލުކަމެއް ދެއްވުމަށްވެސް އެމްއެންޑީއެފްއިން އިލްތިމާސްކޮށްފައިވެއެވެ.