މެލޭޝިއާގައި ހުއްޓާ ކޮވިޑް-19 އަށް ޕޮޒިޓިވްވި ދިވެހި މީހާ މިހާރު ރަނގަޅުވެ ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށް ސަރުކާރުން މިރޭ ބުނެފިއެވެ.
ކޮވިޑް-19 ގެ މައުލޫމާތު ދިނުމަށް މިރޭ ނޭސަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި (އެޗްޕީއޭ) ގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މެލޭޝިއާގައި ހުއްޓާ ކޮވިޑް-19 އަށް ފައްސިވި ދިވެހި މީހާ ބަލިން މުޅިން ރަނގަޅުވެ މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.
މެލޭޝިއާގައި ހުއްޓާ ކޮވިޑް-19 އަށް ދިވެއްސަކު ޕޮޒިޓިވްވި ހަބަރު ލިބުމާއި ގުޅިގެން އެ މައުލޫމާތު ސާފުކުރުމަށް ފޮރިން މިނިސްޓްރީ މެދުވެރިކޮށް މަސައްކަތްތަކެއް ކޮށްފައިވާ ކަމަށްވެސް ނަޒުލާ ވިދާޅުވިއެވެ. އެގޮތުން އެއީ ކޮން ފަރާތެއްކަން އެނގިފައިވާ ކަމަށާއި ނަމަވެސް އެމީހާ ކޮވިޑް-19އަށް ފައްސިވި ސީދާ ދުވަހެއް ނޭންގޭ ކަމަށްވެސް ނަޒްލާ ވިދާޅުވިއެވެ.
މެލޭޝިޔާގައި ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީން ހާމަކުރީ އިއްޔެއެވެ.
މެލޭޝިޔާގައި ތިބި ދިވެހިންގެ ތެރެއިން 197 މީހުން ވަނީ ރާއްޖެ ގެނެސްފައިވާއިރު އެ އެންމެން ތިބީ 14 ދުވަހުގެ ކަރަންޓީންގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!