ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ފޯރުކޮށްދެމުން އަންނަ ކުށާއި ދަރަނީގެ ރެކޯޑު އީމެއިލް މެދުވެރިކޮށް ސާފުކުރެވޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
ޑީޖޭއޭ އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރުމުގެ ކަންކަމަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށްޓަކައި، ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން ފޯމު ފުރިހަމަ ކުރެއްވުމަށްފަހު އައި.ޑީ ކާޑުގެ ކޮޕީއަކާއިއެކު records@judiciary.gov.mv އަށް މެއިލް ކުރެއްވުމުން ރެކޯޑު ސާފުކުރެވޭނެ ކަމަށެވެ.
އެގޮތުން އީމެއިލް މެދުވެރިކޮށް ލިބިވަޑައިގަންނަވާ ފޯމުތަކުގައިވާ ރެކޯޑު ސާފުކުރެއްވުމަށްފަހު މެއިލް މެދުވެރިކޮށް ޖަވާބު ދިނުމަށް ހަމަޖެހިފައިވާ ކަމަށް ޑީޖޭއޭ އިން ބުނެއެވެ.
މިކަމާއި ގުޅިގެން އިތުރު މައުލޫމާތު ހޯއްދަވަން ބޭނުންފުޅުވާނަމަ 7766768 ނަމްބަރަށް ގުޅިއިގެން މައުލޫމާތު ސާފުކުރުމަށް ޑީޖޭއޭއިން އެދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!