މާލެ ސިޓީގެ މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ކޮންމެ ދުވަހެއްގެ ހަވީރު 5 ން 8 އަށް ހިންގި ކާފިއު މިއަދުން ފެށިގެން ބާޠިލް ކޮށްފިއެވެ.
އެޗްޕީއޭއިން ކުރި އާންމު ޢިއުލާނެއްގައި ބުނީ މާލެއާއި، ވިލިމާލެއާއި، ހުޅުމާލޭގައި، ކޮންމެ ދުވަހެއްގެ ހަވީރު 6:00 އިން ރޭގަނޑު 8:00 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމަތީ މީހުން އުޅުން ހުއްޓައިލުމާއި ޕަބްލިކް ޓްރާންސްޕޯޓު (ބަހާއި ފެރީ) ގެ ޚިދުމަތް ދިނުން ހުއްޓައިލުމަށް އެންގި އެންގުން އޭޕްރީލް 9 ވަނަ ދުވަހުގެ ހަވީރު 5:00 އިން ފެށިގެން ބާޠިލުކޮށްފައިވާ ކަމަށެވެ.
މާލޭގައި (މާލެ، ހުޅުމާލެ، ވިލިމާލެ) މަގުމައްޗަށް ނުކުމެ އުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާ ވަގުތު އުވައިލުން
އިތުރު މަޢުލޫމާތު:https://t.co/eINEs5ff0p pic.twitter.com/aP8ft9CEMt
— Health Protection Agency (@HPA_MV) April 9, 2020
އެހެންނަމަވެސް، މާލެ، ވިލިމާލެ، އަދި ހުޅުމާލޭގައި އެއްފަހަރާ 3 މީހުންނަށް ވުރެ ގިނަ މީހުން އެއްވެއުޅުން
ހުއްޓާލުމަށް އަންގާފައިވާ އެންގުން ދެމިއޮންނާނެ ކަމަށްވެސް އެޗްޕީއޭއިން ބުނެފައިވެއެވެ.
ކާފިއު ވަގުތުގައި ބޭރަށް ނުކުމުގެ މިހާތަނަށް 1،138 ފަހަރަށް ފުލުހުން ވަނީ އެކި މީހުންނަށް ނަސޭހަތް ދީފައެވެ. އޭގެ ތެރޭގައި ހިމެނެނީ، 954 ދިވެހިންނާއި 184 ބިދޭސީންނެވެ. އެމީހުންގެ ތެރޭގައި ތަކުރާރުކޮށް ނަސާހަތްދިން މީހުންވެސް ހިމެނެއެެވެ. މިހާތަނަށް ކާފިއު ވަގުތުގައި ބޭރަށް ނުކުމެގެން ޖޫރިމަނާކޮށްފައިވަނީ ދެމީހުންނެވެ. ޖޫރިމަނާގެ އަދަދަކީ، 1،000 ރުފިޔާއެވެ.
ކޮރޯނާވައިރަސް އިން ރައްކާތެރިވުމުގެ ގޮތުން ފިޔަވަޅުތައް އެޅުމަށްޓަކައި އާންމު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހުގެ މުއްދަތަކަށް އިއުލާން ކުރީ މިދިޔަ މަހު 12 ވަނަ ދުވަހުއެވެ. އެ މުއްދަތު ނިމެނީ އަންނަ އާދިއްތަ ދުވަހަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!