މެލޭޝިޔާގައި ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީން ހާމަކޮށްފިއެވެ.

މިއަދު މެލޭޝިޔާގެ ހެލުތު މިނިސްޓްރީއިން ހާމަ ކޮށްފައިވާ އެ ޤައުމުން ކޮވިޑް-19 އަށް މިހާތަނަށް ޕޮޒިޓިވްވީ މީހުންގެ މައުލޫމާތުތަކުގައި ދިވެއްސަކު އެ ޤައުމުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ދައްކައެވެ.

Ad
rt

އެ މަޢުލޫމާތުތަކުން ރާއްޖެގެ އިތުރުން އަވަށްޓެރި އިންޑިއާގެ37 މީހަކުވެސް މެލޭޝިޔާގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ހާމަވެއެވެ.

މެލޭޝިޔާގައި ދިވެއްސަކު ޕޮޒިޓިވްވީއިރު އެޤައުމުގައި ތިބި ދިވެހިން ގެނައުމާއި އާއިލާތަކުން އެހީ ފޮނުވުމުގެ އިންތިޒާމް ދިވެހި ސަރުކާރުން ވަނީ ހަމަޖައްސައިފަ އެވެ.

ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 އަށް މެލޭޝިއާ އިން 4228 މީހުން ޕޮޒިޓިވް ވެފައިވާއިރު، މިހާތަނަށް އެ ގައުމުން 67 މީހަކު ވަނީ މަރުވެފަ އެވެ.

މުޅިދުނިޔެއިން މިހާރު މިބަލިވަނީ 1,529,528 މީހުންނަށްޖެހި، 89,417 މީހުން މަރުވެފައެވެ. އަދި 337,164 މީހުން ވަނީ މިބަލިން ރަނގަޅުވެފައެވެ.

ރާއްޖެއިން ކޮވިޑް-19 އަށް 19 މީހަކު ޕޮޒިޓިވްވާއިރު އޭގެ ތެރެއިން 13 މީހަކު ފިޔަވައި ދެން ތިބި އެންމެން ވަނީ ރަނގަޅުވެފަ އެވެ. ބާކީ ތިބި ހަ މީހުންގެ ތެރެއިން ހަތަރު މީހުންނަކީ އިނގިރޭސިވިލާތުން ރާއްޖެ އައި ދިވެހިންނެވެ.