ކޮވިޑް-19 އާއި ގުޅޭ ރާއްޖޭގެ ހާލަތު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އާއި ހިއްސާ ކުރަށްވައި، އެޖަމްޢިއްޔާއާއި މަޝްވަރާކުރަށްވައިފިއެވެ.
ރާއްޖޭގެ ހާލަތު، ރައީސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާއި ހިއްސާ ކުރެއްވީ ފޯނު މެދުވެރިކޮށް އެ ޖަމްއިއްޔާގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔުސެސްއާ މިއަދު ކުރެއްވި މަޝްވަރާގައެވެ.
President @ibusolih discusses COVID-19 situation with @WHO Director General @DrTedros
https://t.co/PclnseOro3— The President's Office (@presidencymv) April 8, 2020
ރައީސް އޮފީހުން ބުނިގޮތުގައި އެ ދެބޭފުޅުން ކުރެއްވި މަޝްވަރާގައި ޑަބްލިޔުއެޗްއޯ އިން ކޮވިޑް-19 އިން މީހުން ސަލާމަތް ކުރުމަށް ކުރާ މަސައްކަތްތަކުގެ އަގު ވަޒަން ކުރައްވައި، އެ ޖަމިއްޔާ އިން ރާއްޖެ އަށް ދެމުން އަންނަ އެހީތައް ފާހަގަ ކުރައްވައި ރައީސް ވަނީ އެޖަމްޢިއްޔާއަށް ޝުކުރު އަދާ ކުރައްވައިފަ އެވެ.
ރައީސްވަނީ ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް ސަރުކާރުން އެޅުއްވި ފިޔަވަޅުތަކުގެ ތަފްސީލް މިއަދު ޓެޑްރޯސްއާއި ހިއްސާ ކުރަށްވާފައެވެ.
ރައީސް ދެއްކެވި ވާހަކާގައި ރާއްޖޭން މިހާތަނަށް އެ ބައްޔަށް ޕޮޒިޓިވްވެފައި ވަނީ 19 މީހުން ކަމަށާއި ދުރާލައި އެޅި ފިޔަވަޅުތަކުގެ ސަބަބުން އާއްމުންގެ ތެރޭގައި ކޮވިޑް-19 ފެތުރިގެން އަދި ނުދާ ކަމަށް ވެސް ރައީސް ދެންނެވި އެވެ.
Thank you @DrTedros for a very engaging phone conversation on efforts to halt the spread of Covid 19 and also, for the encouraging words on measures we have taken so far in the Maldives. Please be assured of our continued support to @WHO and other partners in combating Covid 19.
— Ibrahim Mohamed Solih (@ibusolih) April 8, 2020
ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖޭން ދުރާލައި ފިޔަވަޅުތައް އެޅިކަން ފާހަގަކުރައްވައި، ކޮވިޑް-19 އާ ގުޅިގެން މުޅި ދުނިޔޭގައި އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ޒަރޫރީ ތަކެތި ހޯދުމަށް ގޮންޖެހުންތަކާ ކުރިމަތިވާކަން ފާހަގަކުރައްވައި، އެކަންކަމަށް ހައްލު ހޯދައި ދެއްވުމަށް ރައީސް ވަނީ ޓެޑްރޯސް އަރިހުގައި އެދިވަޑައިގެންފަ އެވެ.
ކޮވިޑް-19 އާ ދެކޮޅަށް ރާއްޖޭން އަޅާފައިވާ ފިޔަވަޅުތަކަށް ޑަބްލިޔުއެޗްއޯ އިން ވަނީ ތައުރީފް ކޮށްފަ އެވެ. އަދި އެ ޖަމިއްޔާ އިން އަންނަނީ ރާއްޖެ އަށް ތަފާތު އެހީތައް ފޯރުކޮށް ދެމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!