ކޮމިޝަނާ ޖެނަރަލް އޮފް ކަސްޓަމްސް ނޫމާން އަވަހާރަވެއްޖެ އެވެ. ކޮމިޝަނާ އޮފް ކަސްޓަމްސް އާއި ހަވާލުވެވަޑައިގެންނެވި ނުއުމާން އަވަހާރަވީ، ކިޑްނީ ޓްރާންސްޕްލާންޓް އޮޕަރޭޝަނަށް އިންޑިއާ އަށް ވަޑައިގެން އުޅުއްވަނިކޮންނެވެ.

އަހުމަދު ނުއުމާން ކޮމިޝަނަރ ޖެނަރަލް އޮފް ކަސްޓަމްގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކޮށްފައިވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރ 11 ވަނަ ދުވަހު އެވެ.

ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަޤާމަށް އަހުމަދު ނުއުމާން ޢައްޔަނު ކުރައްވާފައިވަނީ މިނިސްޓަރ ފެންވަރުގައެވެ.

ސ. ހިތަދޫ ޖަނަވަރީމާގޭ ނުއުމާން އަކީ، އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލިހުގެ މެމްބަރެކެވެ. އަދި އޭނާ އަކީ އަދާލަތު ޕާޓީގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީގެ ރައީސް ވެސް މެ އެވެ. އަދި އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލިހުގެ މެމްބަރެކެވެ. އޭނާ ވަނީ ފެނަކަ އުފެއްދިއިރު އެ ކުންފުނީގެ ޗެއާމަންގެ މަގާމުގެ އިތުރުން ސްޓެލްކޯ އާއި ހައުސިން މިނިސްޓްރީގައި ވެސް ކުރިން މަސައްކަތް ކުރައްވައިފަ އެވެ