މާލެ ދަތުރުކުރާ ބޯޓެއްގައި ހުރި މީހަކު ވަދު އަޅަން އުޅުނުމުގެ ތެރޭގައި އަތަށް ދާވަނި ހެރި ޒަހަމްވެއްޖެއެވެ.
އެމީހާ އަތަށް ދާވަނި ހެރި ލޭ މަނާ ނުވެގެން އުޅެނިކޮށް އެމްއެންޑީއެފުން މިހާރުވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ
އެމްއެންޑީއެފުން ބުނީ ފުވައްމުލަކުން ފުރައިގެން މާލެ ދަތުރު ކުރަމުން ދިޔަ "ނިރުވާ" ބޯޓު މ. ކޮޅުފުށި 8 ނޯޓިކަލް މޭލު ބޭރުގައި ވަދު އަޅަން އުޅުމުގެ ތެރޭގައި އެބޯޓުގައި ހުރި މީހެއްގެ އަތަށް ދާވަނި ހެރި ލޭ މަނާ ނުވެގެން އެމްއެންޑީއެފުން ސެންޓްރަލް އެރިއާއިން އެހީތެރިވެ ދީފައިވާ ކަމަށެވެ.
Gn.Fuvahmulakun furaigen Male' dhathurukuramundhiya "Nirvaana" boat M.Kolhufushi, 8NM beyrun vadhualhan ulhumuge thereygai, eboat gai huri meehehge athah dhaavani heri, ley manaa nuvegen MNDF CA in harakaaiytherivaan fashaifi. Mi haadhisaa ge report libifai vanee miadhu 12:55 gai pic.twitter.com/CggMRquHOc
— Maldives National Defence Force (@MNDF_Official) April 6, 2020
މިއަދު މެންދުރު ފަހު 14:40 ގައި އެމީހާ ދޯނިން ނަގައިގެން ސީ އެމްބިއުލެންސްގައި މ. މުއްޔަށް ގެންދެވިފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!