ކޮވިޑް- 19 އަށް ވެކްސިނެއް އުފެއްދުމަށް ކުރާ މަސައްކަތަށް ދުނިޔޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ މެޑޯނާ 1 މިލިއަން ޑޮލަރު ހަދިޔާކޮށްފިއެވެ.
އެންއެމްއީ ނޫހުގައި ބުނެފައިވާ އުމުރުން 61 އަހަރުގެ މެޑޯނާ ކޮވިޑް- 19 އަށް ވެކްސިނެއް އުފެއްދުމަށް ކުރާ މަސައްކަތުގެ ތަހުލީލުތަކަށް ހަދިޔާ ކުރާ މިފައިސާގެ އެހީ ދިނުމަށް ނިންމާފައި ވަނީ ބިލް އެންޑް މެލިންޑާ ގޭޓު ފައުންޑޭޝަން މެދުވެރިކޮށް ކަމަށެވެ.
އިންސްޓަރގްރާމް މެދުވެެރިކޮށް މެޑޯނާ އާންމު ކުރި މެސެޖެއްގައި ބުނީ ކޮވިޑް-19 އަށް ފަރުވާއެއް ހޯދުމަށް ކުރެވެމުންދާ މަސައްކަތުގައި ބިލް އެންޑް މެލިންޑާ ފައުންޑޭޝަން އާއި ބައިވެރިވެފައިވާ ކަމަށެވެ. އަދި އެކަމުން ހެލްތު ވޯކަރުންނާއި، ރައްޓެހިންނާއި، ޢާއިލާތައް ރައްކާތެރިކޮށް، ސަލާމަތްތެރި ބަޔަކަށް ހެދުމަށް ބޭނުންވާ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

ބިލް އެންޑް މެލިންޑާ ގޭޓު ފައުންޑޭޝަނަކީ މައިކްރޯ ސޮފްޓްގެ ބާނީ ބިލްގޭޓްސްގެ ދެމަފިރި ކަނބަލުން އިޖުތިމާއީ އެހީތެރިކަން ފޯރުކޮށް ދިނުމަށް ހިންގަވާ ފައުންޑޭޝަނެކެވެ.
ބިލްގޭޓްސްގެ އިސްނެންގެވުމާއިއެކު އެ ފައުންޑޭޝަނުންދަނީ ކޮވިޑް-19ގެ މި ހާލަތުން އަރައިގަތުމަށް އެހީތެރިކަން ފޯރުކޮށް ދެމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!