ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސް ދުނިޔޭން ޖެހުނު މީހުންގެ ޢަދަދު 7 ލައްކަ އަށްވުރެ އިތުރު ވެއްޖެއެވެ.

ދުނިޔޭގެ ރިޕޯޓުތައް ބުނާގޮތުން ދުނިޔޭގެ އެކި ބައްރު ތަކުން ކޮވިޑް-19 ބަލި މިހާތަނަށް 702368 މީހުންނަށް ވަނީ ޖެހިފައިއެވެ. އެބަލި ޖެހުނު މީހުން ކުރެ 149219 މީހުން ރަނގަޅު ވެފައިވާއިރު، އެބަލީގައި 33180 މީހުންވަނީ މަރުވެފައިއެވެ.

Ad
rt

ފަހަކަށް އައިސް މިބަލި ފެތުރުން ބޮޑުތަނުން ހަލުވިވެ، ދަނީ ކޮންމެ ދެދުވަހަކު ގިނަ ޢަދަދެއްގެ ބަޔަކަށް މިބަލި ޖެހެމުންނެވެ. މިރޭ އިތުރު ލައްކައެއް ބަލި ޖެހުނު މީހުންގެ ޢަދަދަށް އިތުރުވުމުން، ޖެހިޖެހިގެން ދެ ދުވަހަކު ކޮންމެ ދުވަހަކު ލައްކައެއްހާ މީހުންނަށް މިބަލި ޖެހުނީއެވެ.

ކޮވިޑް-19 މިވަގުތަށް ،29 މާރިޗް 2020، ދިވެހިރާއްޖެ ގަޑި 22:00 (މައުލޫމާތު ހިމެނި ތާރީޚާއި ވަގުތު)

  • ޕޮޒިޓީވް މީހުންގެ ޢަދަދު: 702،368 މީހުން
  • މަރުވި މީހުންގެ ޢަދަދު: 33،180 މީހުން
  • ރަނގަޅުވި މީހުންގެ ޢަދަދު: 149،219 މީހުން

ކޮވިޑް-19 ޖެހޭ ނިސްބަތް އިތުރުވަމުން ދާ ގޮތް

  • 2020 ޖެނުއަރީ 19، 100 މީހުން
  • 2020 ޖެނުއަރީ 24، 1،000 މީހުން
  • 2020 ފެބްރުއަރީ 12، 50،000 މީހުން
  • 2020 މާރިޗް 6، 100،000 މީހުން
  • 2020 މާރިޗް 18، 200،000 މީހުން
  • 2020 މާރިޗް 21، 300،000 މީހުން
  • 2020 މާރިޗް 24، 400،000 މީހުން
  • 2020 މާރިޗް 28، 600،000 މީހުން
  • 2020 މާރިޗް 29، 700،000 މީހުން

ދުނިޔޭގައި އެންމެ ބާރަށް މިހާރު މިބަލި ފެތުރެނީ އެމެރިކާގައިއެވެ. އެމެރިކާ ފިޔަވައި އެންމެ ބާރަށް މިބަލި ފެތުރެމުން ދަނީ ޔޫރަޕް ބައްރުގައެވެ. އިޓަލީ ވިލާތުގެ އިތުރުން، ސްޕޭން، ޖަރުމަނު ވިލާތް، ފުރާންސް، ސްވިޒަލޭންޑް، އިނގިރޭސިވިލާތް، ނެދަލެންޑް، ސްވިޑަން، ބެލްޖިއަމް، އޮސްޓްރިއާ، ނޯވޭ، ރޫމޭނިއާ އަދި ޑެންމާކް ފަދަ އެތައް ޔޫރަޕްގެ ޤައުމެއްގައި ހަލުވިކަމާއިއެކު މިބަލި ދަނީ ފެތުރެމުންނެވެ.

އޭގެ އިތުރުން ދުނިޔޭގެ އެކި ބައްރު ތަކުން އީރާން، އޮސްޓްރޭލިއާ، ތުރުކީވިލާތް، ޗިލީ، ސައުތުއެފްރިކާ، އިސްރާއީލް، އިންޑޮނެޝިއާ، މެލޭސިޔާ، ފިލިޕީންސް، ތައިލެންޑް، ރަސިއާ އަދި އިކުއެޑޯ ފަދަ ޤައުމުތަކަކީ ބަލި ފެތުރުން ހަލުވިވެފައިވާ ޤައުމުތަކެވެ.

2019 ވަނަ އަހަރު ޑިސެމްބަރުމަހު ފަހުކޮޅު ޗައިނާގެ ވޫހާން ސިޓީގެ މާރުކޭޓަކުން ފެތުރެންފެށި މިވައިރަސް ދުނިޔޭގެ 199 ޤައުމަށާއި، ސަރަހައްދަށް މިހާރު ވަނީ ފެތުރިފައެވެ.