އިތުރު ދިވެއްސަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެެއްޖެކަމަށް އެޗްޕީއޭއިން ބުނެފިއެވެ.
އެޗްޕީއޭއިން ކުރި ޓްވީޓެއްގައި ބުނެފަައިވަނީ ޔޫކޭއިން އައި ދިވެއްސެއް ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން އެކަން ބަލަމުންދާ ކަމަށެވެ. މި މީހާ ހުރީ ރޯޔަލް އައިލެންޑް ރިސޯޓް ކަރަންޓީންގައެވެ.
Sample taken from a Maldivian national who arrived from UK and is quarantined in Royal Island Resort Quarantine facility has tested POSITIVE for #COVID19.
— Health Protection Agency (@HPA_MV) March 29, 2020
މީގެ ކުރިންވެސް ވަނީ ކޮވިޑް19 އަށް ދިވެއްސަކު ޕޮޒިޓިވްވެފައެވެ. އެމީހާވެސް އައިސްފައިވާ އިނގިރޭސިވިލާތުގައި ހުރެފައި މިމަހުގެ 22 ވަނަ ދުވަހުއެވެ.
މިއާއެކު ރާއްޖެއިން ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވި ދިވެހިންގެ އަދަދު މިވަނީ ދެއަކަށް އަރާފަ އެވެ. ނަމަވެސް ޔޫކޭގައި ދިރިއުޅޭ ދިވެއްސަކު ވެސް ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފައިވެ އެވެ.
މިއާއި އެކު ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްމި މީހުންގެ އަދަދު މިވަނީ 17 އަށް އަރާފައެވެ.
ކޯވިޑް-19އަށް ރާއްޖެއިން މިހާތަނަށް ޕޮސިޓިވްވެފައިވަނީ 16 މީހެއް:
- ކުރެއްދޫ އައިލެންޑް ރިސޯޓުން 5 މީހުން
- ސޭންޑީޒް ބަތަލާ ރިސޯޓުން 2 މީހުން
- ކުރަމަތި މޯލްޑިވްސްއިން 2 މީހުން
- ސަފާރީއަކުން 2 މީހުން
- އަނަންތަރަ ދިގު މޯލްޑިވްސްއިން 2 މީހުން
- އިގިރޭސި ވިލާތުން ރާއްޖެ އައި 2 ދިވެހިން
- ރާއްޖެއިން އިޓަލީއަށް ފުރައިގެންދިޔަ 2 މީހެއް
ބަލިން ރަނގަޅު ވެފައިވަނީ 11 މީހެކެވެ. ބަލިން ރަނގަޅުވި 11 މީހުން ދޫކުރުމަށް ހަމަޖެހިފައިވަނީ ކަނޑައަޅާފައިވާގޮތަށް 30 ދުވަހުގެ ކަރަންޓީނަކަށްފަހުގައެވެ.
ރާއްޖޭގައި ކަރަންޓީނު ކޮށްފައި ތިބި އިޓަލީ ދެ މީހެއްގެ ނަތީޖާ ޕޮޒިޓިވްވެފައިވީ ނަމަވެސް އެ ދެ މީހުން ވަނީ ރާއްޖެއިން ފުރުވާލާފަ އެވެ.
މި ބަލި ޖެހުނު މީހުންގެ ތެރެއިން މިވަގުތު ދެ ދިވެހިންނާއެކު ޖުމްލަ 4 މީހަކަށް ފަރުވާދެމުން އަންނަ ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އަދި ފަރުވާދެމުން އަންނަ ހުރިހާ އެންމެންގެ ހާލުވެސް ރަނގަޅުކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން އޮން އެރައިވަލް ވިސާ ދިނުން ވަނީ ހުއްޓާލާފަ އެވެ. އެއާއެކު، ރާއްޖެއަށް ޓޫރިސްޓުން އައުން ވެސް ވަނީ މަޑުޖެހިފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!