ހއ. އަތޮޅުގައި އޮންނަ މަނަފަރު ރިސޯޓުން ޝައްކުކުރެވޭ އަލާމާތްތަކެއް ހުރެގެން ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ސާމްޕަލް ނެގި ދިވެއްސެއްގެ ސާމްޕަލް ނެގެޓިވް ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.
ޖޭ.އޭ. މަނަފަރު މޯލްޑިވްސް ރިސޯޓުގެ އިތުރުން ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ސިނަމަން ހަކުރާ ހުރާ މޯލްޑިވްސް ރިސޯޓުންނާއި، ގްރޭންޑް ޕާރކް ކޮއްދިއްޕަރު މޯލްޑިވްސް، އަދި މާހާ ސަފާރީން ނެގި ސާމްޕަލްތަކުގެ ޓެސްޓުގެ ނަތީޖާ ވަނީ ނެގެޓިވް ވެފައި ކަމަށް އެޗްޕީއޭއިން ބުންޏެވެ.
އެހެންކަމުން މިރަށްތަކާއި ސަފާރީ މޮނިޓަރިންގެ ހާލަތުން ނެގިފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
ކޯވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ސިނަމަން ހަކުރާ ހުރާ މޯލްޑިވްސް ރިސޯޓު، ގްރޭންޑް ޕާރކް ކޮއްދިއްޕަރު މޯލްޑިވްސް، ޖޭ.އޭ. މަނަފަރު މޯލްޑިވްސް ރިސޯޓު އަދި މާހާ ސަފާރީން ނެގި ސާމްޕަލްތަކުގެ ޓެސްޓުގެ ނަތީޖާ ވަނީ ނެގެޓިވް ވެފައެވެއެވެ.
— Health Protection Agency (@HPA_MV) March 28, 2020
ރައްކާތެރިކަމުގެ ގޮތުން ޢަމަލު ކުރަމުންދާ އުޞޫލުގެ ދަށުން، ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތައް ހުރެގެން ޖޭ.އޭ މަނަފަރު މޯލްޑިވްސް ރިސޯޓުން ދިވެއްސެއްގެ ސާމްޕަލް ނަގައި، ޓެސްޓްކުރުމުގެ މަސައްކަތް ކުރިޔަށް ގެންދަމުން ދާކަމަށާއި، އެރިސޯޓު މޮނިޓަރިން ހާލަތަށް ގެނެސްފައިވާކަން އެޗްޕީއޭއިން ބުނީ މިހިނގާ މާރިޗް 25 ވަނަ ދުވަހުއެވެ.
ރާއްޖެއިން މިހާތަނަށް ކޯވިޑް-19 އަށް 16 މީހުން ޕޮޒިޓިވްވެ 11 މީހުން ވަނީ މިބަލިން ރަނގަޅުވެފައެވެ. ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވީ 16 މީހުން ތެރެއިން 15 މީހުންނަކީ ބިދޭސީންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!