11000 ރިސޯޓް މުވައްޒަފުން ނޯޕޭއަށް ދާންޖެހުމަކީ ވަރަށް ދެރަކަމެއް: ޓީމް

538AB3C0-76B3-45EF-8C24-6C8DFB0BBACC

11 ހާސް ރިސޯޓް މުވައްޒަފުން ނޯޕޭއަށް ދާންޖެހުމަކީ ވަރަށް ކަމެއްކަމަށް ޓޫރިޒަމް އެމްޕްލޯއިމެންޓް އެސޯޝިއޭޝަން (ޓީމް) އިން ބުނެފިއެވެ.

39 ރިސޯޓުގެ ލިސްޓެއް ހިމަނުއްވާ ޓީމްގެ ފޭސްބުކް ޕޭޖުގައި ބުނެފައިވަނީ މިހާތަނަށް ޓީމްގެ މެންބެރުން ގެ ފަރާތުން ރިޕޯޓް ކޮށްފައިވާ ނޯޕޭ އަދި ޕޭކަޓްއަށް ފޮނުވުމަށް ނިންމާފައިވާ ނިންމުމަކީ ދެރަކަމެއް ކަމަށާއި އެހެންވެސް މުވައްޒަފެއްގެ މުސާރަ ގެއްލިގެން ދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ.

ޓީމް އިން ހާމަކޮށްފައިވާ ރިސޯޓުތަކުގެ މައުލޫމާތުގައި ކުށެއް ވާނަމަ ޓީމްގެ ފޭސްބުކް ޕޭޖަށް އިންބޮކްސް ކޮއްދެއްވުން އެދޭކަމަށް ބުނެފައިވެއެވެ. މިލިސްޓުގައި ރާއްޖޭގެ ނަންމަޝްހޫރު ބޮޑެތި ރިސޯޓުތައް ހިމެނޭކަން ފާހަގަ ކޮށްލެވެއެވެ.

ތިލަދުންއަށް މަޢުލޫމާތު ދެއްވަމުން ރިސޯޓެއްގައި މަސައްކަތް ކުރާ މުވައްޒަފަކު ބުނެފައި ވަނީ އެއިނާ މަސައްކަތްކުރާ ރިސޯޓުން އޮފްޑޭ ނުވަތަ ޗުއްޓީ ނެތް މުވައްޒަފުންގެ މުސާރައިން ވަކި ޕަސެންޓްއެއް އުނިކުރަން ނިންމާފައިވާކަމަށާއި ޕްރޮބޭޝަން ޕީރިއަޑުގައި ތިބި 30 ވަރަކަށް މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގެ ނޯޓިސް ދީފައިވާކަމަށެވެ.

މީގެ އިތުރުން މިދިޔަ ފެބުރުއަރީ މަހުގެ ސާވިސްޗާޖުވެސް ހިފަހައްޓާފައިވާކަމަށް ބަޔެއް ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންދަނީ ބުނަމުންނެވެ.

https://www.facebook.com/114136005275974/posts/3011676695521876/?d=n

ކޮވިޑް19 ގެ ސަބަބުން ރާއްޖެއަށް ފަތުރުވެރިން އައުން މަނާކޮށްފައިވާއިރު ގިނަ އަދަދެއްގެ ރިސޯޓުތައް ދަނީ ބަންދު ކުރަމުންނެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

  1. ކުދިންނޭ ތިވަޒީފާތަށް ދޫކޮށްލާ….ޤައުމީ ދިފާއީ ބާރާގުޅިގެން މަަސައްކަތް ފައްޓާ. ޙާލުގަ ޖެހޭވަގުތު އަތުން ދޫކޮށްލާ ބައެއްތީ…

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *