ކޮވިޑް19އާ ގުޅިގެން ފެށި ޓެލިކިލާސްތައް މާދަމާއިން ފެށިގެން އަލުން ފަށަން ނިންމައިފިއެވެ. އެޑިއުކޭޝަން މިނިސްޓްރީން ވަނީ މިކަން ސްކޫލްތަަކަށް އަންގައި މި ކުލާސްތައް ފެށުމަށް ތައްޔާރު ވަމުންނެވެ.
އެޑިއުކޭޝަން މިނިސްޓްރީން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނ 29 މާރޗް ވާ އާދިއްތަ ދުވަހުން ފެށިގެން އަލުން ޓެލިކްލާސްތައް ބައެއް ގްރޭޑްތަކަށް ފެށުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ގުރޭޑް ދިހައެއްގެ ދަރިވަރުންނަށް އަމާޒުކޮށް ޓެލިކިލާސް ޔެސްޓީވީން ގެނެސްދޭއިރު، ގުރޭޑް ނުވައެއްގެ ދަރިވަރުންނަށް ޓެލިކިލާސްތައް ގެނެސްދޭނީ މުންނާރު ޗެނަލް މެދުވެރިކޮށެވެ. އޭލެވެލް ކުދިންނަށް ކިލާސްތައް ކުރިއަށް ގެންދާނީ ދިވެހި ޗެނަލް މެދުވެރިކޮށެވެ. މި ކުލާސްތައް ކުރިއަށް ގެންދާނީ ހެނދުނު އަށަކުން ފެށިގެން ހަވީރު 5:30އާ ހަމައަށެވެ.
އަދި ކްލާސްތައް ޝެޑިއުލް ކުރާ ގޮތާއި ގަޑިތައް ފޭސްބުކް އަދި ޓުވިޓަރގައި ހިއްސާ ކުރަމުންދާނެ ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.
ކޮވިޑް 19 އާއި ގުޅިގެން ސަރުކާރުން އަޅާ ހާއްސަ ފިޔަވަޅުތަކުގެ ތެރެއިން މިމަހުގެ 19 އިން 26 އަށް ސަރުކާރު ބަންދު ކުރަން ނިންމުމާ ގުޅިގެން ދަރިވަރުންނަށް އަމާޒުކޮށްގެން ހިންގި ޓެލިކްލާސްތަކާއި އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް ފޯރުކޮށްދިނުމަށް ސުކޫލްތަކުން ރާވައިފާވާ ކިޔަވައިދިނުމުގެ ޕްރޮގްރާމްތައް ވަނީ މެދުކަނޑާލާފައެވެ.
We are back with #TeleKilaas!
Schedule for 29th March 2020/ Sunday. #StudySmart #StaySafe#COVID19 pic.twitter.com/p7qmiNmJ1n— Ministry of Education (@MoEdumv) March 28, 2020
ކޮވިޑް19އާ ގުޅިގެން ސަރުކާރު ބަންދުވުމާ ގުޅިގެން ސްކޫލްތަކުގެ ކިޔެވުން ފަށާނެ ދުވަސްތަކެއް އަދި ނޭގެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!