ރާއްޖެއިން ކޮވިޑް19 ޖެހުނު އިތުރު ދެ މީހަކު ރަނގަޅުވެފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.
މިކަން ހާމަކުރެއްވީ ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އެސެންތަރުންވަނީ މިއަދު އިތުރު 2 މީހަކު ރަނގަޅުވީކަން ޢިއުލާންކުރައްވާފައެވެ. އެއާއެކު މިހާރު މިވަނީ ރަނގަޅުވީ މީހުންގެ ޢަދަދު 11 އަށް އަރާފައެވެ. މިހާރު ރާއްޖޭގައި ކޯވިޑް-19އަށް ފަރުވާދެމުން ދަނީ 3 މީހަކަށެވެ.
ކޯވިޑް-19އަށް ރާއްޖެއިން މިހާތަނަށް ޕޮސިޓިވްވެފައިވަނީ 16 މީހެއް:
- ކުރެއްދޫ އައިލެންޑް ރިސޯޓުން 5 މީހުން
- ސޭންޑީޒް ބަތަލާ ރިސޯޓުން 2 މީހުން
- ކުރަމަތި މޯލްޑިވްސްއިން 2 މީހުން
- ސަފާރީއަކުން 2 މީހުން
- އަނަންތަރަ ދިގު މޯލްޑިވްސްއިން 2 މީހުން
- އިގިރޭސި ވިލާތުން ރާއްޖެ އައި ދިވެއްސެއް
- ރާއްޖެއިން އިޓަލީއަށް ފުރައިގެންދިޔަ 2 މީހެއް
ބަލިން ރަނގަޅު ވެފައިވަނީ 11 މީހެކެވެ. ބަލިން ރަނގަޅުވި 11 މީހުން ދޫކުރުމަށް ހަމަޖެހިފައިވަނީ ކަނޑައަޅާފައިވާގޮތަށް 30 ދުވަހުގެ ކަރަންޓީނަކަށްފަހުގައެވެ.
ރާއްޖޭގައި ކަރަންޓީނު ކޮށްފައި ތިބި އިޓަލީ ދެ މީހެއްގެ ނަތީޖާ ޕޮޒިޓިވްވެފައިވީ ނަމަވެސް އެ ދެ މީހުން ވަނީ ރާއްޖެއިން ފުރުވާލާފަ އެވެ. އެމީހުން ތިބި ފްލައިޓް މިހާރު ވަނީ ރަޝިއާގައި ކަރަންޓީނު ކޮށްފަ އެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން އޮން އެރައިވަލް ވިސާ ދިނުން ވަނީ ހުއްޓާލާފަ އެވެ. އެއާއެކު، ރާއްޖެއަށް ޓޫރިސްޓުން އައުން ވެސް ވަނީ މަޑުޖެހިފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!