•  
  •  
  •  
  •  
  •  
  •  
  •  

ކޮރޯނާވައިރަސް އެންމެ ބޮޑަށް ފެތުރެމުންދާ އިޓަލީއިން އިންޑިޔާއަށް ދަތުރުކުރި މީހަކު ވައިރަހަށް ޕޮޒިޓިވްވުމުގެ ސަބަބުން އިންޑިޔާއިން 40،000 މީހުން ކަރަންޓީނު ކޮށްފި ކަމަށް ބީބީސީއިން ބުނެފިއެވެ.

މިމީހާ އިޓަލީއިން އައުމަށްފަހު ވަނީ ކޯވިޑްޖެހިގެން މަރުވެފައެވެ. މިކޭސް އާއި ގުޅިގެން ޕަންޖާބުގެ 20 އަވަށަކަށް ވަނީ އައިސޮލޭޓް ވުމަށް މަޖުބޫރުވެފަ އެވެ.

70 އަހަރުގެ މިމިހާވަނީ އިޓަލީއަށް ފަހު އަދި ޖަރުމަނަށް ވެސް ދަތުރުކޮށްފަ އެވެ. އަދި އެއަށްފަހު އޭނާވަނީ އިންޑިޔާގެ ޕަންޖާބުގައި ފާހަގަކުރާ ފެސްޓިވަލެއްގައި ވެސް ބައިވެރިވެފަ އެވެ. މި ފެސްޓިވަލުގައި 10،000 މީހުންނާއި ގާތްކުރާ އަދަދަކަށް މީހުންވަނީ ބައިވެރިވެފަ އެވެ.

އެނގިފައިވާ ގޮތުގައި ބަލްދޭވްއަށް ގޭގައި އެކަހެރިވުމަށް އިންޑިޔާގެ ސިއްހީ މާހިރުންވަނީ ތަކުރާރުކޮށް އަންގާފައެވެ. އަދި މިމީހާ މަރުވުމަށްފަހު އޭނާގެ އާއިލާގެ 19 މީހަކުވެސް ވަނީ މިވައިރަހަށް ޕޮޒިޓިވްވެފަ އެވެ.

ބީބީސީއިން ރިޕޯޓުކުރާ ގޮތުގައި މިހާތަނަށް ކަރަންޓީނުކުރި މީހުންގެ ތެރެއިން އެމީހާއާއި ކްލޯސް ކޮންޓެކްޓްވި 525 މީހެއްގެ ގައިންވަނީ ބަލީގެ އަލާމާތްތައް ފެނިފަ އެވެ. އަދި އެކަމާއި ގުޅިގެން އޭނާ މަޑުކުރި 15 އަވަށެއް ބަންދުކޮށްފައިވާކަމަށް ވެސް ބީބީސީގައި ރިޕޯޓުކޮށްފައިވެއެވެ.

އިންޑިޔާގެ ސަރުުކާރުން ހުސްވި ހަފްތާގެ އަންގާރަ ދުވަހު އެޤައުމުު ވަނީ ލޮކްޑައުން ކޮށްފައެވެ.

ޚިޔާލު

Your email address will not be published.

More in ކުޑަ