ކޮވިޑް-19: އިނގިރޭސިވިލާތުގައި ދިރިއުޅޭ ދިވެއްސަކު އަށް ޕޮޒިޓިވް ވެއްޖެ

photo_2020-03-28_13-05-25

އިނގިރޭސިވިލާތުގައި ދިރިއުޅޭ ދިވެއްސެއް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެެ.

އެ ޤައުމުގައި އުޅުއްވާ ދިވެހި ޑޮކްޓަރެއްގެ ފޭސް ބުކްގައި ލިޔުއްވާފައިވަނީ އޭނާގެ އަނބިކަނބަލުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

ޑޮކްޓަރު ލިޔުއްވާފައިވާ ގޮތުން ކޮވިޑް-19 އަށް އަނބިކަނބަލުން ޕޮޒިޓިވް ވީ ރޯގާގެ އަލާމާތްތަކެއް ހުރުމުން ޓެސްޓް ހެދުމުންނެވެ. މިހާރު އެ އަލާމާތްތައް ވެސް ރަނގަޅު ވަމުން އަންނަ ކަމަށް ލިއުއްވާފައި ވެއެވެ.

ޑަކްޓަރުގެ ކިބާގައިވެސް ކޮވިޑް-19 ގެ އަލާމާތްތަކެއް ހުރި ކަމަށް ވެ އެވެ. އެކަމަކު ޓެސްޓް ހެދިކަމެއް ނުވަތަ ނޫން ކަމެއް ވިދާޅުވެފައެއް ނުވެ އެވެ.

ނަމަވެސް ގޭގައި މި އުޅެނީ އެކަހެރިވެގެން ކަމަށް ޑޮކްޓަރު ލިއުއްވާ ފައިވެއެވެ.

އިނގިރޭސި ވިލާތުން ރާއްޖެ އައި ފަހުން ދިވެއްސަކު ރާއްޖޭގައި ވަނީ ޕޮޒިޓިވް ވެފަ އެވެ. އެކަމަކު ރާއްޖެ އައުމާ އެކު އޭނާ ހުރީ ކަރަންޓީންގަ އެވެ.

ޔޫއޭއީގައި ވެސް ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވްކަމަށް މީޑިއާގައި ހަބަރު ފެތުރުނެވެ. މީޑިއާގައި އެކަން ރިޕޯޓު ކުރީ ޔޫއޭއީގެ ހެލްތު މިނިސްޓްރީއިން އެކަން ހާމަ ކުރުމުންނެވެ. ނަމަވެސް އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ފޮރިން މިނިސްޓްރީއަށް އަދި ލިބިފައި ނުވާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

އިނގިރޭސިވިލާތުގައި މިހާތަނަށް 14543 މީހުންވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *