ފިލިޕީންސްގައި ތިބި މެޑިކަލް ކިޔަވާ ރާއްޖޭގެ ދަރިވަރުން މިރޭ ރާއްޖެ އަންނަން ފުރަނީ

IMG_20200326_222411

ފިލިޕީންސްގައި ތިބި މެޑިސިން ކިޔަވާ 47 ދިވެހި ދަރިވަރަކު މިރޭ ރާއްޖެ އަންނަން ފުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ސަރުކާރުން ހާމަ ކުރަށްވައިފިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ހާލަތު އޮތް ގޮތް ރައްޔިތުންނާއި ހިއްސާކުރެއްވުމަށް ދަރުބާރުގޭގައި ގާއިމްކޮށްފައިވާ، އެމަޖެންސީ ރެސްޕޮންސް ސެންޓަރުގައި ކުރިއަށްދިޔަ ޕްރެސް ކޮންފަރެނެސްގައި އެސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މިރޭގެ ވަގުތެއްގައި ފިލިޕީންސްގައި ތިބި 47 ދިވެހި ދަރިވަރަކު ރާއްޖެ އަންނަން ފުރާނެ ކަމަށެވެ. އެ ކުދިން ގަތަރަށް ގޮސްފައި ގަތަރުން އަނބުރާ ރާއްޖެ އާދެވޭނީ މާދަމާ ރޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ކުރިން ނޭޕާލުގައި ތިބި ދިވެހި ޑޮކްޓަރުންތަކަކާއި ޕާކިސްތާނުގައި މެޑިސިން ކިޔަވަމުންދާ ދަރިވަރުންތަކެއްވެސް ވަނީ އަނބުރާ ރާއްޖެއަށް ގެނެސްފައެވެ.

 

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *