ހއ. ހޯރަފުށީގައި ހުރި ކާބޯ ތަކެތީގެ ޚިދުމަތް ދޭ ހޮޓާ، ރެސްޓޯރެންޓް އަދި ކެފޭތަކުން ވަގުތީ ގޮތުން ދެން ދޭނީ ހަމަ އެކަނި ޑެލިވަރީ ކުރުމުގެ ޚިދުމަތް ކަމަށް ހަމަޖައްސައިފިއެވެ.
ހޯރަފުށީ ކައުންސިލުން ބުނީ، ކޮވިޑް-19 ރައްކާތެރި ވުމަށް އަޅާ ފިޔަވަޅު ތަކުގެ ތެރެއިން އެރަށުގައި ހުރި ކާބޯ ތަކެތީގެ ޚިދުމަތް ދޭ ހޮޓާ، ރެސްޓޯރެންޓް އަދި ކެފޭތަކުގެ ވެރިންގެ އެއްބާރުލުމާއި އެކު، އެތަން ތަނުން ވަގުތީ ގޮތުން ދެން ދޭނީ ހަމަ އެކަނި ޑެލިވަރީ ކުރުމުގެ ޚިދުމަތް ކަމަށް ހަމަޖައްސާފައި ވާކަމަށެވެ.
އެރަށުގައި ހުރި ކާބޯ ތަކެތީގެ ޚިދުމަތް ދޭ ތަންތަނުން ވަގުތީ ގޮތުން ޑެލިވަރީ ކުރުމުގެ ޚިދުމަތް ދޭނީ އިއްޔެ އިން ފެށިގެން ކުރިއަށް އޮތް 10 ދުވަހަށެވެ.
ހޯރަފުށީގައީ އެފަދަ ކާބޯ ތަކެތީގެ ޚިދުމަތް ދޭ 7 ތަނެއް ހުރެ އެވެ.
ހޯރަފުށީ ކައުންސިލުން އެކުލަވާ ލާފައިވާ ކޮވިޑް-19 ޓާސްކް ފޯހާއި، ރަށުގެ މުވައްސަސާ ތަކާއި، ކްލަބް ޖަމްޢިއްޔާތަކާއި އަދި ރައްޔިތުންގެ ފުރިހަމަ އެއް ބާރުއި އެކު އަންނަނީ ރަށުގައި ދިރިއުޅޭ ރަށްޔިތުންގެ ރަށްކާތެރިކަމަށް ގިނަ މަސައްކަތްތަކެއް ކޮށް، ގިނަ ފިޔަވަޅު ތަކެއް އަޅަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!