ކިޔަވައި ދިނުން ވަގުތީ ގޮތުން މެދު ކަނޑާލަން އަންގައިފި

FB_IMG_1585161807528

ކިޔަވައި ދިނުން ވަގުތީ ގޮތުން، މެދު ކަނޑާލަން އަންގައިފިއެވެ. ކިޔަވައި ދިނުން ވަގުތީ ގޮތުން، މެދު ކަނޑާލަން އަންގާފައި ވަނީ ހަފުތާއެއްގެ މުއްދަތަށެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ އާންމު ސިއްޙަތު ރައްކާތެރި ކުރުމުގެ ޤާނޫނުގެ ދަށުން ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާތީ، އެ ނިންމުމުގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތާއި މަތިކޮށްފައިވާ ބާރުގެ ދަށުން މިރޭ އާންމު ކުރި އެންގުމުގައިވާ ފިޔަވަޅުތައް އެޅުމަށް އަންގާ ކަމަށެވެ.

އެގޮތުން އެ އެންގުމުގައި ބުނެފައިވާ ފިޔަވަޅުތައް

- ދިވެހި ރާއްޖޭގައި ހިންގާ އެންމެހާ ސްކޫލްތަކާއި، ތަޢުލީމުދޭ މަރުކަޒު ތަކުގައި ކިޔަވައި ދިނުން ވަގުތީ ގޮތުން މެދު ކަނޑައިލުން.
- ދިވެހި ރާއްޖޭގައި ހިންގާ ކޮލެޖްތަކާއި، ޔުނިވަރސިޓީތަކާއި، ތަމްރީނުދޭ މަރުކަޒު ތަކުގައި ކިޔަވައި ދިނުން ވަގުތީ ގޮތުން މެދު ކަނޑައިލުން.
- ދިވެހި ރާއްޖޭގައި ހިންގާ ޓިއުޝަން ސެންޓަރުތަކާއި، ގޭގޭގައި އެހެނިހެން ގޮތް ގޮތުން ހިންގާ ޓިއުޝަން ކްލާސްތަކާއި، ޤުރުއާން ކްލާސްތަކާއި، އެހެނިހެން ތަޢުލީމްދޭ ކްލާސްތަކުގައި ކިޔަވައި ދިނުން ވަގުތީ ގޮތުން މެދު ކަނޑައިލުން.

މިއެންގުމަށް އަމަލު ކުރުމަށް އެޗްޕީއޭއިން އަންގާފައި ވަނީ 29 މާރިޗް 2020 ވަނަ ދުވަހުން ފެށިގެންނެވެ.

ދިވެހިރާއްޖޭގައި ތަޢުލީމު ދޭ އެންމެހައި ތަންތަނުގައި ކިޔަވައިދިނުން ވަގުތީގޮތުން މެދުކަނޑައިލުމަށް އެންގުން

އެޗްޕީއޭއިންވަނީ ރިސޯޓުތަކުން ރަށްރަށަށް ދަތުރު ކުރުންވެސް ހުއްޓާލަން އަންގާފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *