ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ އަދަދު ބޮޑު ތަނުން އިތުރުވެ ހަތަރު ލައްކަ ފަންސާސް ހާހުން މައްޗަށް އަރައިފިއެވެ.

ދުނިޔޭގެ ރިޕޯޓުތައް ބުނާގޮތުން ދުނިޔޭގެ އެކި ބައްރު ތަކުން ކޮވިޑް-19 ބަލި މިހާތަނަށް 459671 މީހުންނަށް ވަނީ ޖެހިފައިއެވެ. އެބަލި ޖެހުނު މީހުން ކުރެ 113776 މީހުން ރަނގަޅު ވެފައިވާއިރު، 20821 މީހުންވަނީ އެބަލީގައި މަރުވެފައިއެވެ.

Ad
rt

މިވަގުތާއި ހަމައަށް މިއަދު އެންމެ ގިނަ މީހުން މިބައްޔަށް ޕޮޒިޓިވް ވެފައިވަނީ 7649 މީހުން ޕޮޒިޓިވު ވެފައިވާ އެމެރިކާއިންނެވެ. އެންމެ ގިނަ މީހުން މަރުވެފައިވަނީ 683 މީހުން މަރުވި އިޓަލީއިންނެވެ.

ދެވަނަ އަށް މިއަދު އެންމެ ގިނަ މީހުން މިބައްޔަށް ޕޮޒިޓިވްވީ ސްޕޭނުންނެވެ. އެ ޤައުމުން 5552 މީނުން މިބައްޔަށް ޕޮޒިޓިވް ވެފައި ވެއެވެ. ދެވަނައަށް ގިނަ މީހުން މަރުވެފައިވަނީވެސް އެޤައުމުންނެވެ. އެ ޤައުމުން ވަނީ 443 މީހުން މަރު ވެފައިއެވެ.

އިޓަލީ ވިލާތަކީ މިއަދު އެންމެ ގިނައިން މިބައްޔަށް ޕޮޒިޓިވުވި މީހުން ތިބި ތިންވަނަ ޤައުމެވެ. އެ ޤައުމުން މިބައްޔަށް 5210 މީނުން ވަނީ ޕޮޒިޓިވް ވެފައެވެ. ތިންވަނަ އަށް އެންމެ ގިނަ މީހުން މަރުވެފައިވަނީ 231 މީހުން މަރުވި ފްރާންސުންނެވެ.

މިބަލި ފެތުރޭ ބާރުމިނަށް ބަލާއިރު، ވޭތުވި ސައްބީހަކަށް ގަޑިއިރު މިބަލި މިވަނީ ރެކޯޑް އަދަދަކަށް ފެތުރިފައެވެ. ރޭ ރާއްޖޭ ގަޑިން 21:20 ހާއިރު ދުނިޔޭން މިބަލި ޖެހުނު މީހުންގެ ޢަދަދު ވަނީ 4 ލައްކައަށް އަރާފައެވެ. މިހާރު މިބަލި މިވަނީ އިތުރު 59431 މީހަކަށް ޖެހިފައެވެ.

2019 ވަނަ އަހަރު ޑިސެމްބަރުމަހު ފަހުކޮޅު ޗައިނާގެ ވޫހާން ސިޓީގެ މާރުކޭޓަކުން ފެތުރެންފެށި މިވައިރަސް ދުނިޔޭގެ 196 ޤައުމަށާއި، ސަރަހައްދަށް މިހާރު ވަނީ ފެތުރިފައެވެ.