ފެނުގެ ދުވަހާ ގުޅިގެން އަދުގެ ހާލަތާއި ގުޅޭ އެމްޑަބްލިއުއެސްސީގެ ވީޑިއޯއެއް!

photo_2020-03-25_19-52-56

ދުނިޔޭގެ ފެނުގެ ދުވަހާ ގުޅިގެން ޤައުމީ ފެން ކުންފުނި، އެމްޑަބްލިއުއެސްސީން ޚާއްސަ ވީޑިއޯއެއް އާންމުކޮށްފި އެވެ.

ގިނަ އަދަދެއްގެ ކުޑަކުދިން ބައިވެރިކޮށްގެން ހަދާފައިވާ، ދެ މިނެޓްގެ މި ވީޑިއޯއިން ފެން އިސްރާފު ނުކުރުމަށް ހިތްވަރު ދިނުމުގެ އިތުރުން މި ދުވަސްވަރު މުޅި ދުނިޔެ އަށް ކުރިމަތިވެފައިވާ ކޮރޯނާވައިރަހުގެ ބަލި މަޑުކަމުން ސަލާމަތްވުމަށް ޓަކައި ކުރަން ޖެހޭ ކަންކަން އަންގައިދޭ މުހިންމު މެސެޖްތަކެއް ދެއެވެ.

ވީޑިއޯ ފަށާފައިވަނީ "އުފެއްދީ ގައިދުރު ކަމަށް ސަމާލުކަންދީގެން" ބުނަމުންނެވެ. އެއަށްފަހު މި ވީޑިއޯގައި ދޭ މުހިންމު މެސެޖްތަކުގެ ތެރޭގައި، އަތް ދޮވުމަށާއި އެންމެ މަދުވެގެން 20 ސިކުންތު ވަންދެން އަތްތިލައިގެ ހުރިހާ ހިސާބެއް ސައިބޯނި ލައިގެން ރަނގަޅަށް ދޮންނަންވާނެ ކަމަށާއި، ސައިބޯނި އަތުގައި އުނގުޅާ ވަގުތުގައި އިސްކުރު ބާރުކޮށްފައި ބެހެއްޓުމަށް ވެސް ވީޑިއޯގައި ހަނދާންކޮށްދެ އެވެ. މީގެ އިތުރުން ކޮފީތަކާއި ސައިތަކަށް ބޭރަށް ނުދިއުމަށް ވެސް މި ވީޑިއޯއިން ބުނެދެއެވެ.

އިތުރަށް ބުނެދޭ މެސެޖުތަކުގެ ތެރޭގައި އަތް ދޮވުމަށް ފަހު ޓިޝޫއިން އަތް ފޮހުމަށާއި، ބޭނުން ކުރާ ޓިޝޫ އާއި މާސް ބޭނުން ކުރުމަށް ފަހު ރައްކާތެރި ގޮތުގައި ނައްތާލުމުގެ އިތުރުން ކިހިބި އެޅުމުގައި އަމަލު ކުރާގެ ގޮތްތަކާއި، މޫނުގައި އާދަކޮށް އަތް ނުލުމަށް ވެސް ބުނެދެއެވެ. މީގެ އިތުރުން އަތް ދޮވެވެން ނެތް ނަމަ ސެނިޓައިޒާ ބޭނުން ކޮށްގެން އަތް ސާފު ކުރުމަށް ވެސް އެދިފައިވެ އެވެ.

މިވީޑިއޯގައި ގެނެސްދީފައިވާ މެސެޖުތައް ދިނުމުގައި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހާއި، އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ އާއި ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފާއި އަދި އެންވަޔަރުމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ބައިވެރިވެއެވެ.

ދުނިޔޭގެ ފެނުގެ ދުވަހަކީ މިހިނގާ މާރިޗް މަހުގެ 22 ވަނަ ދުވަހެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި