ކޮވިޑް19 އާ ގުޅިގެން އިތުރު ހަފްތާއަކަށް ސަރުކާރު ބަންދުކުރަން ނިންމައިފިއެވެ. އޭގެ އިތުރުން މުހިންމު ފިޔަވަޅުތަކެއް ސަރުކާރުން ޢިއުލާން ކުރަށްވައިފިއެވެ.
އެގޮތުން ކޮވިޑް-19އާ ގުޅިގެން ރާއްޖޭން އޮން އެރައިވަލް ވިސާ ދޫކުރުން މިމަހުގެ 27 ވަނަ ދުވަހުން ފެށިގެން ހުއްޓާލަންވަނީ ނިންމާފައެވެ.
މިއަދު އެންމެ ފުރަތަމަވެސް އަޅުގަނޑު ބޭނުންވަނީ، ރާއްޖޭގައި މި ބަލި ފެތުރުނަ ނުދިނުމަށް، ޞިއްޙީ ޚިދުމަތްތެރިން ކުރައްވާ މަސައްކަތަށް، އެ ބޭފުޅުންނަށް ޝުކުރު ދަންނަވަން. pic.twitter.com/RY7moWflPR
— The President's Office (@presidencymv) March 25, 2020
މިކަންކަން ހާމަ ކުރެއްވީ ދަރުބާރުގޭގައި ގާއިމްކޮށްފައިވާ، އެމަޖެންސީ ރެސްޕޮންސް ސެންޓަރުގައި ކުރިއަށްދާ ޕްރެސް ކޮންފަރެނެސްގައި ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙެވެ.
މި ޙާލަތުގައި ރާއްޖެއަށް އެހީތެރިވެދިނުމަށް ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ވެސް ވަރަށް ބޮޑު އެއްބާރުލުމެއް އެބަ ދެއްވާ. އެގޮތުން ވޯލްޑް ބޭންކުން 10 މިލިއަން ޑޮލަރު މިހާރުވަނީ ދިވެހިރާއްޖެއަށް ލިބިފައި.
— The President's Office (@presidencymv) March 25, 2020
އިންޓަނެޓްގެ އަގަށް ވެސް މިދަނޑިވަޅުގައި ލުޔެއް ލިބޭނެ ކަމަށްވެސް ރައީސް މިއަދު ވިދާޅުވިއެވެ. ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެކަން އިއުލާން ކުރެވޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!