ޔޫއޭއީން ދިވެއްސަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ

44613A2B-22EA-48B7-83E9-2BEBE4D0CC60

އެކުވެރި އަރަބް އިމާރާތް (ޔޫއޭއީ) އިން ދިވެއްސަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ ކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީއާ ހަވާލާދީ އެގައުމުގެ މީޑިއާތަކުން ބުނެފިއެވެ.

ގަލްފް ނިއުސްގައި ބުނެފައިވާގޮތުން މިއަދު އެގައުމުން ޓެސްޓުކުރި މީހުންގެ ތެރެއިން 50 މީހުންވަނީ ކޮވިށް19 އަށް ޕޮޒިޓިވް ވެފައެވެ. އެގޮތުން އެލިސްޓުގައި ރާއްޖޭގެ މީހަކު ހިމެނޭކަމަށް ވަނީ ބުނެފައެވެ.

މީގެ އިތުރުން މިނިސްޓްރީ އޮފް ހެލްްތް އެންޑް ޕްރިވެންޝަން އާ ހަވާލާދީ ހާލީޖް ޓައިމްސް އިން ބުނެފައި ވަނީ ކޮރޯނާ ވައިރަސް އަށް ދިވެއްސަކު ޕޮސިޓިވް ވެފައިވާ ކަމަށް ބުނެފައިވެއެވެ.

ދިވެއްސެއްގެ އިތުރުން މިއަދު ކޮވިޑް 19 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ސްރީ ލަންކާ، ސައުދި އަރަބިއާ، ޔަމަން، ތޫނިސް، ސައުތް އެފްރިކާ، ބެލްޖިއަމް، ސައުތް ކޮރެއާ، ބަލްގޭރިއާ، ފްރާންސް، ޗެކް ރިޕަބްލިކް، އޮސްޓްރޭލިއާ، ލެބަނޮން، ކެންޔާ، ސުދާން، އީރާން، އަޔަލެންޑް، މޮރޮކޯ، ޕާކިސްތާން މިއިން ކޮންމެ ގައުމަކުން މީހެކެވެ.

އޭގެ އިތުރުން އިޓަލީ، މިސްރު، ޔޫއޭއީ، ސްޕެއިން، ނެދަލެންޑްސް، ޖޯޑަން، ފިލިޕީންސް އިން ދެ މީހުން ހިމެނޭއިރު އެމެރިކާ، ބަންގުލަދޭޝް އިން ތިން މީހުން އަދި އިންޑިއާ އިން ހަ މީހުން މިއަދު ޕޮޒިޓިވްވި 50 މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެ ނޫހުގައި ބުނެފައިވާ ގޮތުން، އެ އެންމެންގެ ހާލު ވެސް ރަނގަޅެވެ

ޔޫއޭއީގައި ހުރި ދިވެއްސަކަށް ކޮވިޑް-19 ޖެހިފައި ހުރިކަން އެގައުމުގެ މީޑިއާތަކުން ރިޕޯޓް ކުރިނަމަވެސް މިކަން އަދި ދިވެހި ސަރުކާރުން ކަށަވަރު ކޮށެއް ނުދެއެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވް ދިވެއްސަކު ރާއްޖެއިން ބޭރުގައި ވެސް މިވަގުތުނެތް ކަމަށް ރައީސް އޮފީހުގެ އަންޑަރސެކްރެޓަރީ މުހައްމަދު މަބްރޫކް ވަނީ މިރޭ ދެއްވި ނޫސް ކޮންފަރެންސްގައި ވިދާޅުވެފައެވެ.

އޫއޭއީގައި ކޮވިޑްއަށް ޕޮޒިޓިވް ވި މީހުންގެ އަދަދަކީ248 އެކެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *