ސަމާލުުކަންކުޑަނުކުރޭ! ރައްކާތެރިވުން އިތުރުކުރޭ!: ޑރ. ނިޔާފް

l_2020_01_22_123929_anctkumoxd8hpqre479yl2zw51ivg3jbfs6_EN_

ކޯވިޑް-19 ދުނިޔޭގަ ފެތުރުން މަޑު ނުވާކަމަށާއި، އެ ބަލި ފެތުރުން ހަލުވި ވެފައިވާތީ ސަމާލުުކަންކުޑަނުކުރުމަށް ޑރ. ނިޔާފް ގޮވާލަށްވައިފިއެވެ.

" ‏ކޯވިޑް-19 ދުނިޔޭގަ ފެތުރުން މަޑެއް ނުވޭ. ވަނީ ހަލުވި." މިހެން ވިދާޅުވެ، ޑރ. ނިޔާފް ވިދާޅުވީ ރައްކާތެރިވުން އިތުރުކުރުމަށެވެ.

އެގޮތުން ނިޔާފުވަނީ މިބަލި ފެތުރޭ ހަލުވިމިން އަންގައި ދިނުމަށް ބަލި ފެތުރޭ ހަލުވިމިން އަންގައިދޭ މައުލޫމާތު ހިއްސާ ކުރަށް ވާފައެވެ.

ބަލިޖެހުނު މީހުން:
100،000 އަށް އެރީ 67 ދުވަހުން
200،000 އަށް އަރަން އިތުރު 11 ދުވަސް
300،000 އަށް އަރަން އިތުރު 4 ދުވަސް

އެއަށްފަހު ޑރ. ނިޔާފުވަނީ ސަމާލުުކަންކުޑަނުކުރުމަށާއި، ރައްކާތެރިވުން އިތުރުކުރުމަށް އިލްތިމާސް ކުރަށްވާފައެވެ. އަދި އަމިއްލަ ރައްކަލައް، އެންމެންގެ ރައްކަލައް ކަމަށްވެސް ޑރ. ނިޔާފު ވިދާޅުވިއެވެ.

ކޮރޯނާވައިރަހާ ގުޅޭގޮތުން އެންމެ ފަހުގެ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އައިޖީއެމްއެޗްގެ ޑަކްޓަރު، ޑރ. މުރާދުވެސް މިއަދުވަނީ ރާއްޖޭގައި ކޮރޯނާވައިރަހުގެ ސީރިއަސް ކޭސްތައް ފެނިފައި ނުވި ނަމަވެސް، ދުނިޔޭގެ އެހެން ގައުމުތަކުން ފެންނަ މަންޒަރުތަކުން އިބްރަތް ހާސިލްކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *