ދިވެހިން އެކި ބޭނުންތަކަށް ގިނަ ޢަދަދަކަށް ދަތުރު ކުރަމުން ދިޔަ ތައިލެންޑްގައި ކުއްލި ހާލަތު ޢިއުލާން ކޮށްފިއެވެ.

ތައިލެންޑްގައި ކުއްލި ހާލަތު އިއުލާނުކުރުމަށް ނިންމައިފިވަނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެންނެވެ.

Ad
rt

ތައިލެންޑްގައި ކުއްލިހާލަތު ޢިއުލާން ކުރެއްވީ އެޤައުމުގެ ބޮޑު ވަޒީރު ޕްރާޔުތް ޗަން-އޯ-ޗާ އެވެ. ތައި ސަރުކާރުގެ ތަރުޖަމާނު ނަރުމޮން ޕިންޔޮސިންވަތު މިއަދު ވިދާޅުވީ މި ކުއްލި ހާލަތު އިއުލާނު ކުރެވެނީ މަސްދުވަހުގެ މުއްދަތައް ކަމަށެވެ.

އަންގާރަ ދުވަހު ތައިލެންޑުން ކޮވިޑް-19 ގެ އިތުރު 106 ކޭސް ރިޕޯޓުކޮށްފައިވެއެވެ. އަދި ތިން މީހަކު މި ބަލީގައި ވަނީ މަރުވެފައެވެ. މިހާތަނަށް އެޤައުމުން 827 ކޭސް ވަނީ ރިޕޯޓުކޮށްފައިވާއިރު ޖުމްލަ މަރުވެފައިވަނީ 4 މީހުންނެވެ.