މަގުތަކަށްވުރެ އިސްކަން ދޭންވީ ދެއަތް ރީތިކޮށް ދޮންނަން ކަމަށް އައިޖީއެމްއެޗްގެ ޑަކްޓަރު، ޑރ. މުޙައްމަދު ޢަލީ ވިދާޅުވެއްޖެއެވެ.
އަތް ދޮވުމަށް އިސްކަން ދިނުމަށް ބާރު އެޅުއްވުމުގެ ގޮތުން "ކްލީން ދަ ހޭންޑްސް ނޮޓް ދަ ސްޓްރީޓްސް" ހޭޝް ޓެގް ބޭނުންކުރައްވައި ޓްވީޓަރގައި ޑރ. މުޙައްމަދު ޢަލީ ވިދާޅުވެފައިވަނީ އިރުގެ ޔޫވީ ލައިޓުންވެސް ކޮރޯނާވައިރަސް ނައްތާލާ ކަމަށެވެ. އެއްވެސް މީހަކު ބޭރުތެރޭގެ މަގުތަކުގަޔާއި ގަސްގަހުގައި " ދޫލަމުން " ނުދާނެ ކަމަށާއި، މަގުތަކުގެ ތަންތަނުން ވައިރަސް ފެތުރުން އެއީ ނާދިރު ކަމެއް ކަމަށެވެ.
މީގެ އިތުރުން ޑރ. މުޙައްމަދު ޢަލީ ވަނީ ޗައިނާގެ ސީޑީސީޕީގެ ރިސަރޗަރ އެއްކަމަށްވާ ޒެންގ ލިއުބޯގެ ބަސްކޮޅެއްވެސް ހިއްސާ ކުރައްވާފައެވެ. އެލިއުން ކޮޅުގައި ވަނީ ބޭރުތެރޭގައި ހުންނަ މަގުމަގާއި، ބިންތަކާއި، ގޯޅިތަށް ސާފުކުރަން ގިނަގިނައިން ޑިސްއިންފެކްޓަންޓް ބޭނުން ނުކުރުމަށާއި ، މާގިނައިން ޑިސްއިންފެކްޓް ކުރާ ކެމިކަލް ނުވަތަ ބޭސް ބޭނުންކުރުމުން ތިމާވެއްޓަށް ނުރައްކާވާނެ ކަމަށެވެ.
މާލެ ސިޓީގައި އިއްޔެވަނީ މަގުތައް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ފަށާފައިފައެވެ. ދުނިޔޭގައި މިބަލި ފެތުރޭ ވަރަށް ގިނަ ޤައުމުތަކުގައިވެސް ޑިސްއިންފެކްޓް ކުރުމުން ދެއެވެ.
ކޮވިޑް-19 އާއި ގުޅިގެން އާންމުން ހޭލުންތެރި ކުރެއްވުމަށް މީސް މީޑިއާ މެދުވެރިކޮށް ގިނަ މަޢުލޫމާތުތައް ދެއްވަމުން ދެންދަވާ ޑރ. މުޙައްމަދު ޢަލީ މިމޭރުމުން ޓުވީޓު ކުރެއްވީ އަތް ދޮވުމުގެ މުހިންމު ކަން އަންގައި ދިނުމަށް ކަމަށް ބެލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!