އިރާން އަށް އުފަން އުމުރުން 103 އަހަރުވެފައިވާ އަަންހެނަކަށް ކޮރޯނާ ވައިރަސް ޖެހުމަށްފަހު ރަނގަޅުވެއެޖެއެވެ.

ސެމްނަމް ޔުނިވަރސިޓީ އޮފް މެޑިިކަލް ސައެންސަސް ގެ ޕްރިންސިޕަލް ނެވިދް ދަނާޔީ މައުލޫމާތު ދީފައިވާ ގޮތުން އަންހެން މީހާ މިހާރު ވަނީ ފަރުވާ އަށްފަހު ގެއަށް ބަދަލު ކުރެވިފައެވެ.

Ad
rt

މިއީ ކޮރޯނާވައިރަސް ޖެހުނު ދޮށީއުމުރުގެ މީހުންގެ ތެރެއިން 100 އަހަރުން މަތީ މީހުންގެ ތެރެއިން ކޮރޯނާވައިރަސްއިން ސަލާމަތްވި ދެވަނަ މީހާއެވެ.

މިގޮތަށް ސަލާމަތްވި ފުރަތަމަ މީހާއަކީ 6 ދުވަސް ތެރޭގައި ކޮވިޑް-19 އިން ސަލާމަތްވި ޗައިނާ ގެ އުމުރުން 103 އަހަރުގެ މީހެކެވެ.

އީރާނުން ދެން އެންމެ އުމުރުން ދޮށީ މީހުން ތެރެއިން މިބަލިން ސަލާމަތް ވެފައިވަނީ، އީރާންގެ އިރު ދެކުނު ކެރމަން ސިޓީއަށް ނިސްބަތްވާ އުމުރުން 91 ގެ މީހެކެވެ.

އިރާނުން ކޮވިޑް-19 ޖެހިގެން މިހާތަނަށް 1812 މީހުން މަރުވެފައި ވާއިރު 23,049 މީހަކު ވަނީ މިބައްޔަށް ޕޮޒިޓިވް ވެފައެވެ.އަދި މިހާތަނަސް ޖުމްލަ 8376 މީހަކު ވަނީ މިބަލިން ސަލާމަތްވެފައެވެ.